ބޭ އޮފް ބެންގާލުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ

ރާއްޖޭއާއި ދުރުން، އިރު ދެކުނު ބޭއޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސަސް (މެޓް އޮފީސް) އިން މިއަދު ވިދާޅުވީ، ރާއްޖޭއާއި ދުރުން، އިރު ދެކުނު ބޭއޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ.

މި ތޫފާނަށް ދީފައި ނަމަކީ ”މޮކާ” އެވެ.

މި ތޫފާނު މަޑުމަޑުން ހުޅަނގު އުތުރަށްޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

”މި ތޫފާނުގެ އަސަރު ސީދާ ރާއްޖެއަށް ނުކުރިނަމަވެސް، މި ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު އިތުރަށް ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުރުމާއެކު ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ” މެޓް އޮފީހުން ވިދާޅުވެފަވެއެވެ.

މެޓް އޮފީހުން ވިދާޅުވެފައިވާގޮތުގައި، މި ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު އިތުރަށް ގަދަވެ، ވިއްސާރަ ކުރުމުގެ އިތުރުން ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 50  މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ. އަދި ކަނޑުތައް ވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: އައްޑޫގައި ކަރަންޓީން ވެގެން ހުރި އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ވަގުތު އޮންލައިނުން ގެނެސްދީފައިވާ ޚަބަރެއްގައި ހާމަކޮށްފައިވާގޮތުން ކޮވިޑް-19 ...

ކެބް އެމްވީގެ ހިދުމަތް އައްޑޫސިޓީ އަދި ކުޅުދުއްފުއްޓަށް

“ކެބް އެމްވީ” ގެ ޚިދުމަތް އައްޑޫ ސިޓީއަށާއި ކުޅުދުއްފުއްޓަށް ތައާރަފްކޮށްފިއެވެ.  advertisement ކެބް އެމްވީ ޚިދުމަތަކީ “ފަހި ކެބް” ...

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅުއްވައިިފިއެވެ. ޤާާނޫނީ ވަކީލު އަޙްމަދު ޝާން އާއި ...