އައްޑޫ އިން ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ގައިން އަނިޔާގެ ނިޝާންތަކެއް، މައްސަލަ ޕޮލިހަށް

އައްޑޫ ސިޓީ އިން ކޮވިޑް ޖެހިގެން ރޭ މަރުވި މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތަކެއް ފެންނަން ހުރުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިމަހުގެ 27 ވަނަ ދުވަހުގެރޭ މެންދަމު 2:30 ހާއިރު އައްޑޫ ކޮވިޑް ފެސިލީޓީގައި ފަރުވާ ދެމުން ދަނިކޮށް 81 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ. މިއީ އައްޑޫ އިން މިމަހު އެކަނި ކޮވިޑް ޖެހިގެން މަރުވި ފަސްވަނަ މީހާއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މަރުވި މީހާގެ އާއިލާ އިން ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އައްޑޫ އިން ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އަނިޔާގެ ނިޝާންތަކެއް ފެންނަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިއިރު މިދިޔަ މެއި މަހު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް ދުވަސްވީ ބަލި މީހަކަށް އަނިޔާކުރި އެހީތެރިއެއް ވެސް ފުލުހުން ހައްޔަރުކުރިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޒީނާ ޒާހިރު

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޒީނާ ޒާހިރު އައްޔަން ކުރަން ނިންމައިފިއެވެ. ޒީނާއަކީ އަކީ ބިޒްނަސް ...

ހިބަރެއްގެ ތުންގަނޑު ހެރިގެން ޒުވާނަކު މަރުވެއްޖެ

ބ. މާޅޮހުން ފީނަންގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ...

ހުޅުމީދޫ މިފްކޯ ބަނދަރު ބޮޑުބައެއް ނިމިއްޖެ

އައްޑޫ ސިޓީ ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއިން ބޭނުން ކުރަމުންދާ މިފްކޯ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފިއެވެ. ...