“އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައިފި

advertisement

އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ހަރަކާތް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.

ރައީސް ސޯލިހު އެގޮތަށް އެންގެވީ، އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހުރިކަމެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ކަނޑައެޅުމާ ގުޅިގެން މިއަދު ނެރުއްވި ގަރާރެއްގައެވ

އެ ގަރާރުގައި ރައީސް ވިދާޅުވެފައި ވަނީ، އިންޑިއާއާމެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮތްފައިވާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމަންއަމާންކަން ނަގާލައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަމާއި އިޖުތިމާއި ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ހާއްސަކޮށް އެ ހަރަކާތަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް، ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަަށްވެސް ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނު ވިދަޅުވީ، އެ ނުރައްކަލުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެ ނަމަ، ފޫނުބެއްދޭވަރުގެ ބުރައެއް، ދިވެހި ރައްޔިތުން އުފުލަންޖެހި، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކާތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމަށެވެ.

ގަރާރުގައި އިތުރަށް ވިދާޅުވެފައި ވަނީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ސަރުކާރުން ހުއްޓުވަންޖެހޭނެ ކަމެއް ކަމަށެވެ.

“ދައުލަތުގެ ފުދުންތެރިކަމާއި ފާގަތި ކަމަށާއި، ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއް ކަމަށް ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕެއިންތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރާއްކާ އޮތް ކަމެއް ކަމަށާއި، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަންޖެހޭ ހަރަކާތްތަކެއް ކަމުގައި ގައުމީ ސަލާމަޓާބެހޭ މަޖިލީހުން ނިންމާފައިވޭ،” ރައީސްގެ ގަރާރުގައި ވިދާޅުވިއެވެ.

އަދި ގާނޫނުލްއުގޫބާތުގެ 124 މާއްދާގެ (ހ)ގެ (3) ވަނަ ނަމްބަރާއި 615 ވަނަ މާއްދާގެ (ހ)ގެ (6) ވަނަ ނަންބަރުގެ ދަށުން އެފަދަ ކަންކަމަކީ، ރާއްޖޭގައި ޖިނާއި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަމުން، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، އެ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، ކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާ ކަމަށް އެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

މަސްދަރު: ވަން އޮންލައިން

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސާފް ޗެމްޕިއަންޝިޕް ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލް އަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލް އާއި، ބަނގްލާދޭޝް ބައްދަލުކުރި މެޗް އެއްވަރުވުމުން ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލް ...

އައްޑޫ އިން ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ގައިން އަނިޔާގެ ނިޝާންތަކެއް، މައްސަލަ ޕޮލިހަށް

އައްޑޫ ސިޓީ އިން ކޮވިޑް ޖެހިގެން ރޭ މަރުވި މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތަކެއް ފެންނަން ހުރުމުން އެ ...

ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ތަރައްޤީ ހަލުވިވެ ލިބޭ ފައިދާ ބޮޑުވާނެ: އިކްރާމް

ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތައް ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ...