މީދޫ ރާފަޅާ ސަރަހައްދުގެ ގޮޑުދޮއް ޙިމާޔަތްކުރުމަށް އެސަރަހައްދުގެ ގޮޑު ދޮށުގައި ޖިއޯ ބޭގް ޖަހައިފިއެވެ.
ޖިއޯ ބޭގް ޖަހައިގެން ރާފަޅާ ސަރަހައްދުގެ ގޮނޑުދޮށް ބައެއް ޙިމާޔަތްކުރުމުގެ މަސައްކަތް ކޮށްދީފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
ރަށު ކައުންސިލަރު ވިދާޅުވީ ރާފަޅާ ސަރަހައްދުގެ ގޮޑުދޮއް ގިރަމުންދާ މައްސަލައަށް މިހާތަނަށްވެސް ދާއިމީ ހައްލެއްލިބިފައި ނުވާތީ މީދޫ އަވަށު އޮފީހުން ރާފަޅާ ސަރަހައްދުން ބޮޑަށް ގިރަމުންދާ ސަރަހައްދު ހިމާޔަތްކޮށްދިނުމަށް އެމްޓީސީސީގައި ދެންނެވުމުން އެމްޓީސީސީއަށް މިވަގުތައް އެކަންކޮށްދެވެން އޮތްވަރަށް ކޮށްދެއްވާފައިވާކަމަށެވެ.
” މިވަގުތައް އެކަން ކޮށްދެވެން އޮތްވަރަށް ރާފަޅާ ސަރަހައްދުގެ ގޮޑުދޮށުގައި ވަނީ ޖިއޯބޭޖް ޖަހާފައި. އެކަމަކު އަދިވެސް އެމަސައްކަތް އިތުރަށް ކޮށްދެއްވާނެކަމަށް އެމްޓީސީސީން ވަނީ އަންގާފައި. އެމްޓީސީސީގެ ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަ ދެއްކުމުގެ އިތުރަށް އެމްޓީސީސީގެ ބޭފުޅުން ގޮވައިގެންގޮސް އެސަރަހައްދަށްގޮސް އެކަން ކޮށްދެވެން އޮތްގޮތަކަށް އެކަންކޮށްދިނުމަށް އެކިފަހަރު މަތިން އެދިފައިވާނެ.
މީދޫ ކައުންސިލަރު ސޯލިހާ ވިދާޅުވިއެވެ.
ސޯލިހާ ވިދާޅުވީ މީދޫ ކަޅިބިތް ފަރާތުގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތާއި މީދޫ ސްވިމިންގ ޓެރެކް ސަރަހައްދުގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތް ނިމިގެން އަދި ރާފަޅާ ސަރަހައްދުގައި އިތުރަށް ޖިއޯބޭގް ޖެހުމުގެ މަސައްކަތް ކުރެވޭނެކަމަށެވެ.
މިކަމަކީ މީދޫ އަވަށު އޮފީހުން އެމްޓީސީސީގައި ދެންނެވުމުން އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ކޮށްދެއްވުމަށް ހަމަޖެހިފައިވާ މަސައްކަތެއްކަމަށް ސޯލިހާ ވިދާޅުވިއެވެ.
ކޮމެންޓްސް (0)