ރޯދަމަސް ފެށެން ވާއިރަށް މުވައްޒިފުންނަށް ރޯދަ އިލަވަންސް ދޭން ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންގައިފި

ރޯދަމަސް ފެށެން ފާއިރަށް ވަޒީފާ އާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނިމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންގައިފިއެވެ.

ރޯދަ މަހުގެ އެލަވަންސްގެ ގޮތުގައި ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ އިލަވަންސް ގެ ގޮތުގައި 3000 ރުފިޔާ ދިނުމަކީ ވަޒީފާދޭ ފަރާތައް ގާނޫނުން ލާޒިމު ކުރާ ކަމެކެވެ.

މިކަމާ ގުޅިގެން ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނ ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރަމަޟާން މަހުގެ އިނާޔަތް ދެމުން ނުދާކަން އެ އޮތޯރިޓީގެ އިންސްޕެކްޝަންތަކުން ފާހަގަވެފައި ވާކަމަށެވެ.

އަދި ގާނޫނުގައި ބުނާ ގޮތަށް އިނާޔަތުގެ ފައިސާ ދޭ ފަހުން ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް އެ މީހަކު ވަޒީފާއިން ވަކިވެއްޖެނަމަ ވަކިވި ދުވަހާއި ހަމައަށް ފިޔަވައި ދެން ހުރި އަނެއް ބައި އެ މީހެއްގެ އަތުން ހޯދޭނެއެވެ.

އެހެންކަމުން ވަޒީފާދޭ އެންމެހާ ފަރާތްތަކުން ވެސް ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަށް ލޭބާ ރިލޭޝަންސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ރޯދަ އިނާޔަތް ނުދޭ ފަރާތްތަކުގެ މައްސަލަތައް ބަލައި މީގެ ކުރިންވެސް ބޮޑެތި އަދަދުތަކުން އެފަރާތްތައް ޖުރިމަނާ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒު: ނަޝީދު

ރާއްޖޭގެ މަސައްކަތްތެރިންނަށް އަބަދުވެސް ކަންކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އަމާޒު ކަމަށް ރައްޔިތުން މަޖިލީހުގެ ...

ރާއްޖޭގެ ތަރަގީއަށް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓަކީ ފެނާ ނަރުދަމާ ޤާއިމުކުރުން: ރޮޒައިނާ

ރާއްޖޭގެ ތަރައްޤީއަށް ހިންގެވި އެންމެބޮޑު އިންވެސްޓްމަންޓަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް  ގާއިމްކުރުމުމަށް ...

އައްޑޫ ސިޓީގެ ހިތަދޫން މިއަދު އިތުރު 7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީގެ ހިތަދޫން މިއަދު އިތުރު  7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި 15 މީހުންގެ ...