ކޯވިޑް-19 : އަނެއްކާވެސް އިތުރު 14 މީހަކު ޕޮޒިޓިވް

ރާއްޖެއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 27 އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 982 އަށް އިތުރުވެފައެވެ. ރާއްޖޭގައި ފާއިތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި ވަނީ 555 ސާމްޕަލް ނަގާފައެވެ. އަދި މިހާތަނަށް ރާއްޖެއިން 13639 ސާމްޕަލް ވަނީ ނަގާފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އެންމެ ގޯސްވާނެކަމަށް އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ލަފާކުރައްވާފައިވަނީ އިއްޔެއިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާއި ދެމެދުއެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޙާލަތަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލަށް ތައްޔާރުވެ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް މިހާރުވެސް ސަރުކާރުން ވަނީ އަޅާފައެވެ.

ޕްރެސް ކޮންފަރެންސްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ކޭސްތައް ފެންނަމުންދާ ގޮތާއި ޕޮޒިޓިވްވާ މީހުންނާއި ގުޅުންހުރި މީހުން ފެންނަ އަދަދު މަދުކަމަށެވެ. އަދި އާ ކްލަސްޓާތަކާއި ގުޅުންހުރި ކޮންޓެކްޓް މަދުވުމަކީވެސް ހިންހަމަޖެހުމެއްކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި ބަލި ފެންނަ އުމުރުފުރާވެސް އުޅެނީ އެއް މިންގަޑެއްގައިކަން ޑޮކްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ބަލި ފެންނަމުންދާ ގޮތަށް ބަލާއިރު އެއްދުވަހު އަދަދު މަތިވެފައި އަނެއްދުވަހު އަދަދު ދަށްވުމަކީ ބަލި ކޮންޓްރޯލްވުންކަމަށް ދެކިގެން ނުވާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން އެ ޢަދަދުތައް ދަށްކުރުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ސާފްތާހިރުކަމަށް އިސްކަންދިނުމަށާއި، އެކަކު އަނެކަކު ގައިދުރުކަން ބެހެއްޓުމަށް ވެސް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިން އިތުރު 38 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 38 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހަކާއި ...

ސަރުކާރު ދެން ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާނުލާ، ގަޓް އެބަހުރި: އިމްރާން

މި ސަރުކާރު އައީވެސް މި ސަރުކާރު ދެމި އޮންނާނީ ވެސް އިތުރަށް ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާނުލާކަމަށް ކޯލިޝަނުގެ ...

އައްޑޫދެކެ ލޯބިވާ ރައީސެއް ލިބުމަކީ ލިބުނު ނިޢުމަތެއް: ނިހާދު

އައްޑޫ ދެކެ ލޯބިވާ ހެޔޮ ރައީސެއް ލިބުމަކީ ލިބުނު ނިއުމަތެއް ކަމަށާ އައްޑޫއަށްޓަކައި ރައީސް ސާލިހާއެކު ތިބުން ލާޒިމުކަމަށް ...