ރާއްޖެއިން އިތުރު 38 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހަކާއި ނޭޕާލްގެ މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 1020 އަށް އަރާފައެވެ.

މި މަހުގެ ބާކީ އޮތް ދުވަސްތަކަކީ މި ބަލީގެ ހާލަތު އެންމެ ނުރައްކާވާނެ ދުވަސްތައްކަމަށް ސިއްހީ މާހިރުންވަނީ ލަފާކޮށްފައެވެ. އެގޮތުން މި މަސް ނިމޭ ހިސާބުގައި ރާއްޖޭގައި މި ބަލި ޕީކަށް އަރާ އެއްދުވަހުގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު 1500 ވުރެ މައްޗަށް އަރާނެކަމަށް ބަނީ ބެލެވިފައެވެ. އަދި އެއްދުވަހެއްގައި ހޮސްޕިޓްލްގައި 34 މީހުންނަށް ފަރުވާދޭން ޖެހޭއިރު 12 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެކަމަށް ވަނީ ބެލެވިފައެވެ.

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޯވިޑް-19ގެ ބަލި މީހެއް އެންމެ ފުރަތަމަ ފެނިފައިވަނީ މާރިޗު މަހުގެ 7 ވަނަދުވަހު ކުރެއްދޫ ރިސޯޓުންނެވެ. އޭގެފަހުން ރިސޯޓްތަކުން މި ބަލީގެ މީހުން ފެންނަމުން އައިސް ދިވެއްސެއްގައި އެންމެ ފުރަތަމަ މި ބަލި ފެނުނީ މާރިޗުމަހުގެ 27 ވަނަދުވަހުއެވެ. އެއީ އިނގިރޭސިވިލާތުގައި ދިރިއުޅުމަށްފަހު ރާއްޖެއައި 38 އަހަރުގެ ޒުވާނެކެވެ.

ބައިބޯ ކާރޫ ބާރުބޮޑު މާލެއިން މި ބަލީގެ މީހަކު އެންމެ ފުރަތަމަ ފެނުނީ އޭޕްރިލްމަހުގެ 15 ވަނަދުވަހުއެވެ. އެއަށްފަހު މާލެ ތެރޭ މިބަލި ހަލުވިކަމާއި އެކު ފެތުރެން ފެށިއެވެ. އަދި ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި މިބަލީގެ ނުރައްކާ މުޅި ރާއްޖެއަށް މިވަނީ ބޮޑުވެފައެވެ.

މާލެއިން މި ބަލީގެ މީހަކު ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު 179 މީހަކަށް މި ބަލި ޖެހިފައިވާކަން ރިޕޯޓްތަކުން ދައްކައެވެ. އޭގެފަހުން މި ބަލީގައި ކޮންމެ ދުވަހަކުވެސް ފެންނަ މީހުންގެ އަދަދު އެވެރެޖްކޮށް އުޅެނީ 20 އިން މަތީގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރަށް އެއް އަހަރު: އައްޑޫގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްދު ޞާލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ މިއަދަށް އެއް އަހަރު ފުރުނީއެވެ. ...

ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ދެނީ

ދިވެހިރާއްޖެ، ޗައިނާއަށް ދަރާފައިވާ ދަރަނި އަދާކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ. މިކަން ...

ނަސީރުގެ ކެނޑިޑެސީ ފޯމު ބާތިލުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމިއްލަގޮތުން ވާދަކުރުމަށް ހުށަހަޅާފައިވާ ހުސެއިން ނަސީރުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފި ...