ސަރުކާރު ދެން ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާނުލާ، ގަޓް އެބަހުރި: އިމްރާން

މި ސަރުކާރު އައީވެސް މި ސަރުކާރު ދެމި އޮންނާނީ ވެސް އިތުރަށް ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާނުލާކަމަށް ކޯލިޝަނުގެ އެއް ބައިވެެރިޔާ ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ދެއްކެވި ވާހަކައިގައި އިމްރާން ވިދާޅުވީ މި ސަރުކާރު އައީ ވެސް ދެމި އޮންނާނީ ވެސް ގޭންގުތަކުގެ އެހީގައި ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އެ ގޮތުން އިތުރަށް ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާނުލާކަމަށް އިމްރާން ވިދާޅުވިއެވެ.

ގޭންގުތަކުން ފުލުހުންނަށް އިންޒާރުދިނުން އިތުރުވެފައިވާ ދަނޑިވަޅެއްގައި އިމްރާން ވިދާޅުވީ ސަރުކާރުން ގޭންގުތަކުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށެވެ.

ވަރަށް ސާފުކޮށް ދަންނަވަން އޮތީ މި ސަރުކާރެއް އިރާދަކުރެއްވިއްޔާ ގޭންގުތަކުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ. ވަރަށް ސާފު. އެހެންނަމަވެސް މީ މުޖުތަމަޢުގަ އެތައް އަހަރަކުއްސުރެ މޫލައި ހަރުލާފައި އޮތް ސީރިއަސް ބޮޑު މައްސަލައެއް. އެ ކަންތައް ހުއްޓުވާ ނުވަތަ އޭގެ ބޮޑު ބަދަލެއް ގެނައުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތް ބޭނުން

މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މި ޢިބާރާތް ބޭނުންކުރީމަ މަގުމައްޗަށް ނުކުންނައިރު ވެސް އަޅުގަނޑަށް ވެސް ހުރެދާނެ ތުރެޓުތަކެއް. އަޅުގަނޑު އަމިއްލައަށް އެނގި ހުރެ މި ވާހަކަ މި ދަންނަވަނީ. އަޅުގަނޑުމެން މި ސަރުކާރު އައީވެސް މި ސަރުކާރު ދެމިއޮންނާނީ ވެސް އިތުރަށް ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާނުލާ އިރާދަކުރެއްވިއްޔާ. އެއީ އަޅުގަނޑުމެން މި ސަރުކާރަށް ގެނައި އެންމެ ބޮޑު ބަދަލު. އެ ކެރުން އެ ގަޓް އިރާދަކުރެއްވިއްޔާ މި ސަރުކާރުގަ އެބަހުރި

އިމްރާން ވިދާޅުވިއެވެ.

ފަހަކަށް އައިސް ގޭންގުތަކުން ފުލުހުންނަށް ވަނީ ހަމަލާވެސް ދީފައެވެ. އެފަދަ މައްސަލައެއްގައި 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި ހޮނިހިރު ދުވަހުގެ އިރުއޮއްސި ...

މިނިވަންދުވަހުގެ ރަސްމީ ބައްދަލުވުން ބާއްވައިފި

މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބޭއްވި ރަސްމީ ބައްދަލުކުރެއްވުން ރޭ ...

ގޯލްގެ ތަފާތުން ބީރިކަނާއަށްވުރެ ކުރިލިބިގެން ރިވެރިން ކްއާޓާފައިނަލަށް ހޮވިއްޖެ

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ މީދޫ ބީރިކަނާއާއި ހިތަދޫ ރިވެރިން ޕޮއިންޓްގެ ގޮތުން ...