އައްޑޫ ހެރަތެރަ ރިސޯޓް އައިސޮލޭޝަން ފެސިލިޓީއަކަށް ހަދައިފި – ހެރެތެރެ ފެސިލިޓީގައި 270 ކޮޓަރި ހުންނާނެ

ރާއްޖޭގެ އެންމެ ދެކުނަށް ޚާއްޞަކޮށްގެން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވަނީ އައްޑޫ އަތޮޅު ހެރެތެރެ އައިލެންޑް ރިސޯޓުކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ކޮވިޑް-19 ކަވަރޭޖަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ އުތުރާއި، ދެކުނުގައި ހަދާ ފެސިލިޓީތައް ނިމިފައިވާ ކަމަށެވެ. އެގޮތުން، ދެކުނުގައި އައިސޮލޭޝަން ފެސިލީޓީއެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ ދެކުނުގައި އޮތް އެންމެ ބޮޑު ރިސޯޓުކަމަށްވާ ހެރެތެރެ ރިސޯޓުކަމަށެވެ. ޢަލީ ވަހީދު ވިދާޅުވީ ހެރެތެރެ ރިސޯޓުގައި 270 ކޮޓަރި ހުންނާނެ ކަމަށާއި، އަދި ވެސް އިތުރު ރަށެއް “ސްޑޭންޑްބައި”ގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ޢަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، އުތުރުގައި ދޮނަކުޅި ހައިޑްއަވޭ ރިސޯޓް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ފަށައި، ށ. އަތޮޅުންނާއި ހއ. އަތޮޅުން ކޮވިޑަށް ޕޮސިޓިވްވި މީހުން އެ ރިސޯޓުގެ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށާފައިވާއެވެ.

އެރިސޯޓުގައި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ސަތޭކައެއްހާ ކޮޓަރިވަނީ ތައްޔާރުކޮށްފައެވެ. އުތުރުގައިވެސް “ސްޑޭންޑްބައި” ގައި އިތުރު ރަށެއް ބޭވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޢަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 519 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެތެރެއިން 18 މީހަކު ރަނގަޅު ވެފައިވާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 447 މީހަކު އަދި ކަރަންޓީން ފެސިލިޓީތަކުގައި 1311 މީހަކު އެބަތިއްބެވެވެ. އަދި ހޮސްޕިޓަލުގައި 6 މީހަކަށް ފަރުވާ ދެމުންދާއިރު، އެކަކު މިހާތަނަށް ނިޔާވެފައިވެއެވެ.

މަސްދަރު: ރާއްޖެ އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭސީސީގެ މެންބަރުން ވަކިކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ރައްޔިތުން މަޖިލީހުގެ ...

އެފްއާރުސީ ޒޯން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަރަދޫފޭދޫ ބްރާންޗްގެ ޓީމް ހޯދައިފި

ފެނަކަ ރެކްރިއޭޝަން ކްލަބް (އެފްއާރުސީ) އިން އިންތިޒާމްކޮށްގެން އެފްއާރުސީ ޒޯން ފުޓްސަލް މުބާރާތުގެ ނަމުގައި ހިތަދޫގައި ބޭއްވި ފުޓްސަލް ...

ފޮޓޯއިން ޚަބަރު: މީދޫ ކޮމިއުނިޓީ ޕާކް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫގެ ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން ތައްޔާރުކުރަމުންދާ ” ކޮމިއުނިޓީޕާކް “ މީދޫ ...