އޭސީސީގެ މެންބަރުން ވަކިކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ރައްޔިތުން މަޖިލީހުގެ ކޮމެޓީން ނިންމާފައިވާ މައްސަލައަށް ގޮތެއް ނިންމުމަށް ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވާ ދިނުމަށް އެދެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އެދި މަޖިލީހުގެ އިދާރާގައި އެޕާޓީގެ ޕީޖީ ގްރޫޕުން އެދޭނެ ކަމަށެވެ. ނަމަވެސް ޖަލްސާ ބާއްވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ހާމައެއް ނުކުރައްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަނީ މިނިވަން މުއައްސަސާތަކާ ބެހޭ މަޖިލީހުގެ ކޮމެޓީން ނިންމާފައިވާ އެ ނިންމުމާއި [އޭސީސީ މެންބަރުން ވަކިކުރުން] ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ.

ކޮމެޓީން އެގޮތަށް ނިންމީ އެ ކޮމިޝަނުގެ މެންބަރުން ވަކި ކުރުމުގެ މަޝްވަރާތަކަށް ފަހުއެވެ. މިދިޔަ މަހުގެ ނުވަވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ އޭސީސީގެ މެންބަރުންގެ މަސައްކަތްތަކާއި ބެހޭ އޮޑިޓެއް ހެދުމަށެވެ. އަދި ވަކިވަކިން އެ މެންބަރުން ކޮމެޓީ އަށް ހާޒިރު ކުރުމަށްފަހު އެ މެންބަރުންގެ ޕާފޯމަންސް ބެލުމަށެވެ. އަދި މެންބަރުންގެ ތެރެއިން ޕާފޯމަންސް ދަށް މެންބަރުން މަގާމުން ވަކި ކުރުމަށް އެ ކޮމެޓީން ނިންމިއެވެ.

އެ ކޮމެޓީން އެގޮތަށް ނިންމީ އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި އޮޑިޓަކަށް ފަހުއެވެ. އެ އޮޑިޓުގައި ކޮމިޝަނަށް ލިބިދީފައިވާ ގާނޫނީ ބާރުވެސް ރަނގަޅު ގޮތުގައި ބޭނުން ނުކުރާ ކަމަށް ބުނެފައިވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީ ހުޅުމީދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމީދޫން ...

މީދުން ހިތަދޫ ހޮސްޕިޓަލަށް ގެނދިޔަ މާބަނޑު އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ-

މީދުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވިހަން ގެންދިޔަ މާބަނޑު އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ މައުލޫމާތު ލިބިފައިވާ ...

ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ، ހުކުމް ތަންފީޒުކުރަންޖެހޭނެ: ހޯމް މިނިސްޓަރ

ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ޖަލު ހުކުމުން ބަރީއަވާކަމަށްވާނަމަ، ޖަލުގައި ތިބި ހުރިހާ ގައިދީންނަށް ވެސް އިންތިޚާބުގައި ވާދަކުރެވެންޖެހޭނެ ކަމަށް ...