ކޯވިޑް19: “މިހާރު މިއޮތީ ފުރަބަންދު ނިމުމަކަށް ގެނެވޭނެފަދަ ހާލަތެއް ނޫން”

ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަން މިހާރު މިއޮތީ ފުރަބަންދު ނިމުމަކަށް ގެނެވޭނެފަދަ ހާލަތެއް ނޫންކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ފުރަބަންދަށް މިވީ 10 ވަރަކަށް ދުވަހުގެތެރޭގައި މިބައްޔާއި ގުޅޭ މުހިންމު ކަންތައްތަކެއް ދެނެގަނެވި ބަލިފެތުރޭ ސަރަހައްދު އެނގެންފަށާފައިވާކަމަށެވެ. އެގޮތުން ކްލަސްޓަރތައް ފާހަގަވަމުންދާއިރު، އޭގެ ސަބަބުން ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަސޭހަވެގެންދާކެމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، އަދި ވަކި އެއްޗެއް ހާމަކުރަން ބޭނުނުވާކަމަށާއި، ކުރިއަށްއޮތް 4 ވަރަކަށް ދުވަހުގެ ތެރޭގައި ފުރަބަންދު ވީއްލުމަކަށް ގެނެވޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.

“މިވަގުތުގެ ހާލަތު މިއޮތީކީ އަޅުގަނޑުމެންގެ ލޮކްޑައުންގެ ހާލަތު އާންމު ހާލަތަކަށް ބަދަލުކުރެވޭ ހާލަތަކު ނޫން. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ކުރިއަށްއޮތް ހަތަރު ދުވަހުގެތެރޭގައި ލޮކްޑައުން ވީއްލަންޖެހޭ ހާލަތަކަށް އަޅުގަނޑުމެން އައިސް، އާންމު ހާލަތަކަށް ކަންކަން ބަދަލުވެދާނެކަމަށް” މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އާންމު ހާލަތަކަށްދާން އަދި ވަގުތު ނަގާނެކަމަށާއި މި ބައްޔަށް ފަރުވާއެއް ހޯދިފައި ނުވާއިރު މިބަލިމަޑުކަމުގެ ތެރޭގައި އިތުރު ދުވަސްތަކެއްވަންދެން ހޭދަކުރަންޖެހޭކަމަށް ރައްޔިތުން ގަބޫލުކުރަންވާނެކަމަށެވެ. ރާއްޖޭގައި އެންމެ ގިނަމީހުން ދިއުރުޅޭ މާލެ ސިޓީން މި މަހުގެ 15 ވަނަ ދުވަހު ކޯވިޑް-19 ފެނުމާއި ގުޅިގެން އެދުވަހުން ފެށިގެން މާލެވަނީ ފުރަބަންދުގެ ހާލަތައް ގެނެސްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ސޯލިހު ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ދިވެހި ގައުމީޓީމު ކުޅުނު ދެވަނަ ...

ކޮމަންވެލްތް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން “ކޮމަންވެލްތު ސްކޮލާޝިޕް” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ...

ހިތަދޫ އަށް މީހުން އަރާ ފޭބުން މަނާކޮށްފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އައްޑޫ ސިޓީ ހިތަދޫ އަށް މީހުން އަރާ ފޭބުން މަނާކޮށްފިއެވެ. އެޗްޕީއޭ އިން ...