ރައީސް ސޯލިހު ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ދިވެހި ގައުމީޓީމު ކުޅުނު ދެވަނަ މެޗު ރޭ ބައްލަވާލައްވައިފިއެވެ. މި މެޗުގައި ދިވެހިޓީމް ބައްދަލުކޮށްފައިވަނީ ބަންގްލަދޭޝްއާއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށް ދާ މި މުބާރާތުގައި ރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅެވުނު މިމެޗަކީ މި މުބާރާތުގެ ހަވަނަ މެޗެވެ. މި މެޗުން 2 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ދިވެހި ގައުމީ ޓީމެވެ.

މި މެޗު ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދާއި، ބައެއް ކެބިނެޓް މެންބަރުންގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިން ދަނޑަށް ވަޑައިގަތެވެ. މީގެ އިތުރުން ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުން ދިވެހި ޤައުމީ ފުޓްބޯޅަޓީމަށް ސަޕޯޓް ކުރެއްވުމަށް ގަލޮޅު ދަނޑަށް ހާޒިރުވެ ދިވެހިޓީމަށް ސަޕޯޓްކުރަމުން ގޮސްފައިވެއެވެ.

މީގެ ކުރިން ދިވެހި ގައުމީޓީމް ވަނީ ސާފް ޗެންޕިއަންޝިޕް 2 ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2008 އަދި 2018 ވަނަ އަހަރު އެވެ. 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮރޯނާވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 14750 އަށް އަރައިފި

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 14،750 އަށް އަރައިފިއެވެ. މި ބަލި ...

ޖުމްލަ 36 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިތުރު 29 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާއިއެކު ވޯޓު ...

10 ފޫޓުގެ ބޮޑު ކިނބުލެއް ގއ. ކޮނޑޭއިން ހިފައިފި

ގއ. ކޮނޑޭ ގޮނޑުދޮށުން 10 ފޫޓުގެ ބޮޑު ކިނބުލެއް  ހިފައިފިއެވެ. ކޮނޑޭ ޒުވާނުންތަކެއް ނިކުމެ ވާޖަހައިގެން ހިފާފައިވާ މި ...