ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރުމީހަކު ރަނގަޅުވެ ބަލިމީހުންގެ ޢަދަދު 4 ށް

ރާއްޖޭގައި ކޮވިޑް 19 އަށް ފަރުވާ ދެމުން އައި އިތުރު މީހަކު ބަލިން ފަސޭހަވެ ކޮވިޑް-19 ބަލިމީހުންގެ ޢަދަދު 4 ށް ތިރިވެއްޖެއެވެ.

ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ މިއަދު ކޮވިޑް 19އިން ރަނގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މީހެއް ކަމަށެވެ.

“ދަރުމަވަންތަ ހޮސްޕިޓަލުގެ އެގާރަވަނަ ފަންގިފިލާގެ އައިސީޔޫގައި އަޅުގަނޑުމެން ފަރުވާ ދެމުން އައި އިތުރު ބަލި މީހަކު ކޮވިޑް 19އަށް ވަނީ ނެގެޓިވްވެފައި،” ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، މިއަދު ކޮވިޑް 19އިން ރަނގަޅުވި ބަލި މީހަކީ ސިވިއާ ނިއުމޯނިއާއަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދިން ބަލިމީހުންގެ ތެރެއިން ރަނގަޅުވި ތިންވަނަ މީހާ ކަމަށެވެ.

މީގެ އިތުރުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓްވި 13 މީހުންގެ ތެރެއިން ނުވަ މީހަކު ބަލިން ރަނގަޅުވިޔަސް މިއީ ރާއްޖޭގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ނިންމަންވީ ވަގުތު ނޫން ކަމަށާއި ރާއްޖޭގެ ހާލަތު ގޯސްވެދާނެ ކަމަށްވެސް ތައްޔާރުވާން ޖެހޭ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވީ 13 ބިދޭސީންނެވެ. އޭގެ ތެރެއިން ނުވަ މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މިހާރު ފަރުވާ ދެމުން އަންނަނީ ހަތަރު ބަލި މީހަކަށެވެ. މިހާރު ފަރުވާ ދެމުން އަންނަ މީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާބާދީގެ 90 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ރަށްރަށް ދަތުރުކުރުމުގައި ލުއިތަކެއް

ވެކްސިން ޖަހަންޖެހޭ އާބާދީގެ ތެރެއިން 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާ ނަމަ އެ ...

އަވަށު އޮފީހުގައި ނުހިމެނޭ މީހަކު ހިމަނައިގެން މީދޫ ބަލިކޮށް މަރަދޫ ޓީމުން ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި   

ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން މަރަދޫ އަވަށު އޮފީހުގެ ޓީމުން ހޯދައިފިއެވެ. އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު ...

‏‏”މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021″ ގެ ބައިވެރިންނަށް މީދުން ހޫނު މަރުހަބާއެއް

“މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021” ގެ ބައިވެރިން މީދުއަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ‏”މޯލްޑިވްސް ޖެޓްސްކީ ޓުއަރ ...