ކޯވިޑް-19 : އައްޑުއަތޮޅުގެ މަގުތައްވެސް ޑިސްއިންފެކްޓްކުރަން ފަށައިފި

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ކުރާ މަސައްކަތްތަކުގެ ދަށުން އައްޑުއަތޮޅުގެ މަގުތައްވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑުއަތޮޅުގެ   މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވަނީ އެމް.އެން.ޑީ.އެފްއާއި، އައްޑޫސިޓީ ކައުންސިލް ގުޅިގެންނެވެ. މި މަސައްކަތުގެ ދަށުން އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިޔުގެ ފެން ބައުޒަރުތައް ބޭނުންކޮށްގެން އައްޑުއަތޮޅުގެ މަގުތަކަށް ކްލޮރިން ފެން ޖަހައިގެން ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަގުތައް ސާފުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ އައްޑުއަތޮޅުން ފަށާފައިވަނީ ހިތަދޫ ބޮޑުމަގުންނެވެ.

އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފައިވަނީ  އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު މިއަދުން ފެށިގެން އެކި ދުވަސްތަކަށް ބަހާލައިގެން، އައްޑޫއޮޅުގެ  ރަށްރަށުގެ  މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. އެހެންކަމުން ޢާންމު ސަރަޙައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން މަސްވިއްކުމާ، ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކިގޮތެއް އަންގަންދެން ހުއްޓާލުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ އަންގާފަައެވެ.

އެމް.އެން.ޑީ.އެފްއާއި ގުޅިގެން އައްޑުއަތޮޅުގެ ރަށްރަށުގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތައްވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަސްދަރު : ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިންމައިފި

ސ.ހުޅުދޫގައި އަލަށް ތަރައްޤީކުރާ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިންމައިފިއެވެ. އެމްޓީސީސީން ބުނެފައިވަނީ ސ. ހުޅުދޫ ބަނދަރު ތަރައްޤީ ...

ރާއްޖޭގެ އަލުން ހުޅުވާލައި، ފުރަތަމަ ފްލައިޓް ޖައްސައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިއަދު ބޯޑަރު ހުޅުވާލައި ފުރަތަމަ ފްލައިޓް ރާއްޖޭގެ މައި ...

”މުސްލިމް ކިޑްސް ޓީވީ“ އުރީދޫން ތައާރަފްކޮށްފި

”މުސްލިމް ކިޑްސް ޓީވީ“ އުރީދޫން ތައާރަފްކޮށްފި އެވެ. ކެނެޑާގެ ކުންފުންޏަކުން އިސްނަގައިގެން ކުރިއަށްގެންދާ “މުސްލިމް ކިޑްސް ޓީވީ” އަކީ ...