‏‏”މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021″ ގެ ބައިވެރިންނަށް މީދުން ހޫނު މަރުހަބާއެއް

“މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021” ގެ ބައިވެރިން މީދުއަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

‏”މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021″ ގެ ބައިވެރިން އިއްޔެ މެންދުރު ފަހުން  މީދުއަށް އައިސްފައިވާއިރު މި ޓުއަރގެ ބައިވެރިންނަށް މަރުޙަބާ ދެއްނެވުމަށް އައްޑޫސިޓީގެ ސިޓީގެ މޭޔަރު ނިޒާރުގެ  އިތުރުން އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުން ވެސް މީދުއަށް ވަޑައިގަތެވެ. މީގެ އިތުރަށް މީދޫގެ ވަރަށްގިނައަދަދެއްގެ ބަޔަކު މިޓުއާގެ ބައިވެރީންނަށް މަރުހަބާ ދެންނެވުމަށް މީދޫ ފަތާ ޓްރެކްސަރަހައްދަށް ހާޒިރުވެ ޓުއާގެ ބައިވެރީންނަށް މަރުހަބާ ދަންނަވާފައިވެއެވެ.

އަދި މި ޓުއަރގެ ބައިވެރިންނަށް މީދޫއިން މަރުހަބާ ދަންނަވާފައި ވަނީ ގައުމީ ސިފަތަށްއެކުލެވޭ ސަގާފީ ވައްޓަފާޅިއާއިއެކުގައެވެ. އަދި މިޓުއާގެ ބައިވެރީންނަށް މީދޫ ރަށްޔިތުންގެ ފަރާތުން ދެއްވި މެންދުރުގެ ކެއުމެއް ފަތާ ޓްރެކް ސަރަހައްދުގައި އޮތެވެ.

ޖެޓްސީގެ މިޓުއާގައި އައްޑޫސިޓީއަށް ނިސްބަތްވާ ޒުވާނުންތަކެއް ހިމެނޭއިރު އޭގެ ތެރޭގައި މީދޫގެ ދެޒުވާނަކުވެސް ހިމެނޭކަން ފާހަގަކޮށްލަންޖެހެއެވެ.  އެއީ މީދޫ ލިލީގެ ޝާމިލުއާއި ޖާދުވީގޭ ހަސަންއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް “ޖެޓްސްކީ ޓޫއާ 2021″ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތް ފައްޓާފައި ވަނީ ހއ. ތުރާކުނުންނެވެ.

ޖެޓްސިޓީގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 20 ރަށަކަށް ދަތުރު ކޮށް ހަތަރު ރަށެއްގައި މަޑުކޮށްފައިވާއިރު  މިދަތުރުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އަންނަނީ  އެމްއެންޑީއެފް އިންނެވެ.

‏”މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021″ މި ދަތުރަކީ މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލުން ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ޖެޓްސްކީ ޓުއަރ ގެ ބައިވެރިން މީދުއަށް އައުމުން ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު އެބައިވެރީންނަށް މަރުހަބާ ދެންނެވުމަށް މީދޫ ފަތާޓްރެކްސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތްކޮށްފައިވަނީ މީދޫ އަވަށުއޮފީހާއި މީދޫ ނަލަފެހި ޖަމްއިއްޔާގެ މެމްބަރުގެ ބުރަ މަސައްކަތުންނެވެ.

” ޖެޓްސްކީ ޓުއަރ ގެ ބައިވެރިން މީދުއަށް އައުމުން މިހާ ފުރިހަމަކޮށް މަރުހަބާ ދެންނެވުމުގެ ކަންތައްތައް އިންތިޒާމްކޮށްދެއްވީ އަޅުގަޑުމެން މީދޫ އަވަށު އޮފީހުގެ ފަރާތުން އެދިގެން މީދޫ ނަލަފެހި ޖަމްއިއްޔާ އިސްނަގައިގެން ނަލަފެހި ޖަމްއިއްޔާގެ މެމްބަރުންނާއި މީދޫ ރަށްޔިތުންގެ އެހީތެރިކަމާއެކު  . އަދި މީގެ އިތުރަށް މިޓުއާގެ ބައިވެރީންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ފަތާ ޓްރެކް ސަރަހައްދުގައި ބޭއްވުނު ކުޑަކުދީންގެ ޑްރިލްގެ ކަންތައްތައް ހަމަޖައްސަވާދެއްވީ މުލިމަތި ޖަމްއިއްޔާއިން. ވީމާ މަރުހަބާ ދެންނެވުމުގެ ކަންތައްތައް މިހާފުރިހަމަގޮތެއްގައި އިންތިޒާމްކޮށްދެއްވި ހުރިހާ ފަރާތްތަކަށް އެބޭފުޅުން ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށް ޝުކުރު ދަންނަވަން” މީދޫދާއިރާގެ ކައުންސިލަރު ސާލިހާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓު އެލަވަންސް ނުލިބި ތިބި ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ މަހުގެ ...

އައްްޑޫގައި ހަތިޔާރާއެކު ސިފައިންގެ ފަސް މަހުގެ ތަމްރީނެއް ފަށައިފި

ތަމްރީނުތަކެއް ހެދުމަށް ފަސް މަސް ދުވަހަށް އައްޑޫގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ...

އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ރަށްރަށުގައި ވިއްކާނެ އެޖެންޓުން ހޯދަނީ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ ...