އާބާދީގެ 90 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ރަށްރަށް ދަތުރުކުރުމުގައި ލުއިތަކެއް

ވެކްސިން ޖަހަންޖެހޭ އާބާދީގެ ތެރެއިން 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާ ނަމަ އެ ރަށަކަށް ދަތުރުކުރާއިރު އަންނަ މަހުން ފެށިގެން ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެއިދާރާގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެ ނިންމުމަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އުސޫލަށް ގެނައި އިސްލާހުގައިވާގޮތުން ފަސް ޕަސެންޓަށްވުރެ ޕޮޒިޓިވިޓީ ރޭޓް ދަށް ރަށްތަކުން ދަތުރުކުރާ މީހުން ޕީސީއާރް ޓެސްޓް ހަދާކަށް ނުޖެހެއެވެ.

އެކަމަކު އެފަދަ ރަށްތަކުން އެހެން ރަށަކަށް ދެވޭނީ އެދާ ރަށެއްގައި ވަކި ބަޔަކު ވަކި ޕަސެންޓަކަށް ވެކްސިން ފުރިހަމަކުރުމުންނެވެ.

އެގޮތުން އެރަށެއްގެ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަކުރުމަކީ ޝަރުތެކެވެ. އަދި 60 އަހަރުން މަތީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކުރަންޖެހެއެވެ. ހަމައެހެންމެ ގެސްޓް ހައުސްއެއް ހިންގާ ރަށެއްނަމަ، ގެސްޓް ހައުސްގައި މަސައްކަތް ކުރާ 95 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކުރަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މުޖުރިމުން ދައްކާ ދޮގުތަކުގެ ވާހަކަ ނޫސްތަކުގައި “ކެރީކުރީމަ” އަޅުގަނޑު ހިތާމަ ކުރަން – ރައީސް

މުޖުރިމުން ދައްކާ ބޮޑެތި ބުހުތާނު ދޮގުތަކުގެ ވާހަކަ ނޫސްތަކުގައި ކެރީކުރީމަ ހިތާމަފުޅު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ...

އައިސީޔޫގައި ތިބި 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން: ޑރ. ނަޒްލާ

މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެ އައިސީޔޫގައި ފަރުވާ ދެމުން ދާ 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ...

މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް

މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް ހުރުމާއި ގުޅިގެން މީދޫގެ ރަށްޔިތުންގެ ތެރެއިން ބަޔަކު ...