ސިވލްސާވިސް ކޮމިޝަންގެ ރައީސްްއާއި މެމްބަރުން ވަކިކުރަނީ

advertisement

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ހިމެނޭހެން އެ ކޮމިޝަނުގެ 4 މެންބަރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މަޤާމުން ވަކިކުރުމަށް އެ ކޮމިޓީން ނިންމާފައިވަނީ ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހިމް ޝަހީޤުއެވެ. މި ހަތަރު ބޭފުޅުން މަޤާމުން ވަކި ކުރުމަށް ކޮމިޓީން ނިންމާފައިވަނީ ޤާނޫނު އަސާސީގެ ދަށުން ލިބޭ އެތައް ޙައްޤެއް ހަނިވާގޮތަށް ސިވިލްސަރވިސް ކޮމިޝަނުން ފާއިތުވެދިޔަ ދުވަސްތަކުގައި ނިންމާފައިވާ ނިންމުންތަކާއި ގުޅިގެންކަމަށް ކޮމެޓީން ވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީންވަނީ ސީއެސްސީގެ 4 މެމްބަރުން ވަކިކުރުމަށް ނިންމައި އެކަމާ ގުޅޭ ސިޓީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްވެސް ނިންމަވާފައެވެ.

ކޮމިޓީން ބަލަމުންދިޔަ މައްސަލަތަކުގައި ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ހިމެނޭހެން އެ ކޮމިޝަނުގެ 4 މެމްބަރަކު މީގެކުރިންވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެގޮތުން މަޖިލީހުގެ ނިމިދިޔަ ދައުރުގެ ތެރޭގައި ކޮމިޝަނުގެ ރައީސް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އަނެއް 3 މެމްބަރުންނާއި ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވަނީ އިއްޔެއެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

މިބޭފުޅުންނާއި ގުޅޭގޮތުން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލާފައިވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލްސާވިސް މުވައްޒިފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލައާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނޫފޫޒު ބޭނުންކުރުމާއި، ކޮމިޝަންގެ ބައެއް މަޤާމުތަކަށް މުވައްޒިފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަލަތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ސިވިލް ސަރވިސް ކޮމިޝަނާ ގުޅުންހުރި މައްސަލަތަކެއް މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީން ބަލަމުންދާއިރު، އެ ކޮމެޓީން ވަނީ ކެބިނެޓުގެ ވަޒީރުން ހާޒިރުކޮށް ސިވިލް ސަރވިސް ކޮމިޝަނާ ގުޅޭގޮތުން ސުވާލުކޮށް މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަޒީރުން ވަނީ ސިވިލް ސަރވިސް ކޮމިޝަނާ ހެދި މިނިސްޓްރީތައް ހިންގަން އުނދަގޫވެފައިވާކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.

މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒޭނާ ވިދާޅުވީ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރުންނާ ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތައް ކޮމިޓީއަށް ސާފުވެފައިވާކަމަށެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާދީއްތަ ދުވަހުން ފެށިގެން އައްޑޫސިޓީގެ ސްކޫލްތަކުގައި ކިޔަވައިދޭނެ

އައްޑޫސިޓީގައި  ކޮވިޑް ގެ ހާލަތު ގޯސް ވުމާއި ގުޅިގެން އައްޑޫގެ ގުޅިފައވާ ރަށްތައް 28 އޯގަސްޓް 2021 އިން ...

މިއަދު މި ފެށެނީ ޖުމްހޫރީއްޔަތުގެ އަށްވަނަ ވެރިކަން

ރަސްކަމެއްގެ ދަށުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ހޭދަކުރަމުންދިޔަ ދުވަސްތައް ޖުމްހޫރީ ނިޒާމަކަށް ތައާރަފް ދިޔައީ 1953 ވަނަ އަހަރުގެ ...

އެޖެންޑާ 19 އަށް ކުރި އުއްމީދު ހަގީގަތަކަށް ނުވި: ނަޝީދު

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރި “އެޖެންޑާ 19″ގެ އުންމީދުތައް ހަގީގަތަކަށް ނުވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ...