އާދީއްތަ ދުވަހުން ފެށިގެން އައްޑޫސިޓީގެ ސްކޫލްތަކުގައި ކިޔަވައިދޭނެ

އައްޑޫސިޓީގައި  ކޮވިޑް ގެ ހާލަތު ގޯސް ވުމާއި ގުޅިގެން އައްޑޫގެ ގުޅިފައވާ ރަށްތައް 28 އޯގަސްޓް 2021 އިން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނައުމާއިގުޅިގެން ގްރޭޑް 9 އިން ފެށިގެން ދަށުގެ ކްލާސްތަކުގެ ކިޔެވުން 29 އޯގަސްޓް އިން ފެށިގެން މެދުކަނޑާލާފައި ބޭއްވުމަށްފަހު އަލުން ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ހުއްދަ ދިނުމަށް ނިންމާފައިވަނީ އެކަމާބެހޭގޮތުން ރޭ އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ހުރިހާ ރަށެއް މޮނިޓަރިން އަށް ގެނެސް ސްކޫލްތައް ބަންދުކޮށް ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދަން ފެށުމާ ގުޅިގެން  ބެލެނިވެރިންވަނީ  އެކަމާ ކަންބޮޑުވުން ފާޅުކުރަމުންގޮސްފައެވެ.

އައްޑޫސިޓީގެ ސްކޫލްތައް ހުޅުވައިގެން ކިޔަވައިދިނުމަށް ނިންމި ކަމުގައިވިޔަސް އައްޑޫސިޓީގައި އަދިވެސް ކޮވިޑްގެ ހާލަތު އާއްމު ހާލަތައް ގެނެވިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.  މިގޮތުން އިއްޔެވެސް އައްޑޫސިޓީން 12 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ވަކިތަރުތީބެއްނެތި ރަށުތެރެއިން ނެގުނު ސާމްޕަލްތަކުގެތެރެއިން ޕޮޒިޓިވްވި މީހަކާއި ފްލޫކުލިނިކް ތަކަށް ދެއްވކިމީހުންގެ ތެރެއިން ޕޮޒިޓިވްވި ދެމީހެއްގެ އިތުރަށް ސަވައިލަންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހަކުވެސް ހިމެނޭކަން ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 6 މީހަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 6 މީހަކު އަނެއްކާވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި، ބަންގްލަދޭޝް މީހަކާއި، ...

ހުޅުދޫއާއި މީދޫގެ މަގުބައްތި ޖެހުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފިއި

ހުޅުދޫއާއި މީދޫގެ މަގުބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. ...

ހުޅުދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރު

– ޕޮލިސް ދަނޑު- 13 -05-2023 -ހުޅުދޫ އަވަށު އޮފީހާއި މުއައްސަސާތައް ގުޅިގެން ހުޅުދޫގައި ބޭއްވި ކުޑަކުދީންގެ ހަވީރު- ...