19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރި “އެޖެންޑާ 19″ގެ އުންމީދުތައް ހަގީގަތަކަށް ނުވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫސިޓީއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އައްޑޫ އޮންލައިން ކުރެއްވި ސުވާލެއްގެ ޖަވާބްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އަދި ރައްޔިތުންގެ ވަރަށް ގިނަ އުންމީދުތަކާއިއެކު އިންތިޚާބު ކުރެއްވި މެމްބަރުން ހިމެނޭ މަޖިލީހެއްކަމަށެވެ . މަޖިލިސް ތެރެއިން ސަރުކާރުން ބޭނުންވާ ކަމެއް ބޭނުން ގޮތަކަށް ކުރެވޭނެ ވަރުގެ ތަނަވަސް އައުލަބިއްޔަތެއް އޮވެ އެންމެ އެކަށީގެންވާ ގޮތަށް މަޖިލިސް ތެރެއިން މަސައްކަތް ނުކުރެވޭކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ވަކިވަކި ކަންކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައާއި، މަސްވެރިންނަށް ހެޔޮ ގޮތްތަކެއް ހޯދުމަށް ވެފައިވާ ވައުދުތަކާއި، ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ވެފައިވާ ވައުދުތައްވެސް އަދި ހުރީކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19ގައި ރައްޔިތުންނާއި އަދި އެމްޑީޕީގެ މެމްބަރުންވެސް އުންމީދުކުރި ހިސާބަށް ދެވުނުކަމަށް ދަންނަވަން ދަތިކަމަށެވެ.

19 ވަނަ މަޖިލިސް އިންތިޚާބުވީ ވަރަށް ގިނަ ވައުދުތަކެއްވެ ރައްޔިތުންނަށް ވެގެން ، އުންމީދުތަކެއް ދީގެން.

ނަޝީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 20 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 20 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫސިޓީން އިއްޔެ ...

މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާ މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފި

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފިއެވެ. ...

“ހުއްޓުވާ” މުޒާހަރާ ފުލުހުން ހުއްޓުވައިފި

އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށް ގެންދިޔަ “ހުއްޓުވާ” މުޒާހަރާ ފުލުހުން ހުއްޓުވައިފި އެވެ. ރޭ 8:30 ހާއިރު ޗާނދަނީ ...