އިތުރު ފުލުހުން ނެރެގެންނަމަވެސް ގަވާއިދުތައް ތަންފީޒު ކުރުމަށް މަސައްކަތްކުރާނަން- އައްޑޫޕޮލިސް

އައްޑޫސިޓީގައި ކަނޑައަޅާފައިވާ ކާފިއު ވަގުތުގައި ބަލަންޖެހޭ ކަންތައްތައްބަލާ ތަންފީޒު ކުރުމަށް ކުރިއަށްވުރެ ބޮޑަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިގޮތައް ބުނެފައިވަނީ އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން  މިދިޔަ ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ގަން ޕޮލިސް ސްޓޭޝަނުގެ އިންޖާޗް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް ވިދާޅުވީ އައްޑޫސިޓީގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އިތުރު ފުލުހުންތަކެއް މަގުމައްޗަށް ނެރެގެންވެސް އެކަންތައްތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

” އެއްވެސް ބޭފުޅަކު ބޭކާރުގޮތުގައި ޖުރުމަނާ ކޮށް ފިޔަވަޅު އަޅަންޖެހޭ ފަދަ އެއްވެސްކަމެއް ނުކުރެއްވުމަށް ދަންނަވަން  ،  އަޅުގަޑުމެންވެސް އެފަދަކަމެއް ކުރާކަށް ބޭނުމެއް ނުވޭ . އެހެންނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަޅުގަޑުމެން މަސައްކަތްކުރާއިރު ގަވާއިދާއިޚިލާފަށް އުސޫލުތަކާއި ޚިލާފަށް އަމަލުކުރައްވާ ބޭފުޅުންނާއިދޭތެރޭ އެއޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭނެވާހަކަ ދަންނަވަން”

 ގަން ޕޮލިސް އިންޖާޗް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ގަން ޕޮލިސް އިންޖާޗް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް ވިދާޅުވީ ޚާއްސަގޮތެއްގައި މާސްކު ނާޅައި ބޭރުތެރޭގައި އުޅޭކަން އަޅުގަޑުމެންނަށް ފާހަގަކުރެވިއްޖެކަމަށްވާނަމަ އަޅުގަޑުމެން އެކަންކަމަށް އެޓެންޓްކޮށް އެއަޅަންޖެހޭ ފިޔަވަޅެއް އަޅަމުންދާނެކަމަށެވެ. އަދި  ރޭގަޑު 9:00 އިން  ފަތިހު 4:00 އާއިދޭތެރޭގައި ބޭރުތެރޭގައި އެއްވެސް ހާލެއްގައި ހުއްދަނެތި އުޅޭކަމަށްވާނަމަ އެފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުއަޅާނެކަމަށްވެސް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެންޓި-ޑިފެކްޝަން އަދި އަބުރުގެ ޤާނޫނު އުވާލަނީ

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑިގެއްލޭ ގޮތަށް އެކުލަވާލާފައިވާ ޤާނޫނާއި އަބުރުގެ ޤާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އިދިކޮޅު ...

ވަގަށް ޖަލަށް ވަންނަން އުޅުމުން ހަތަރު މަހަށް ޖަލަށް، ބައި ލައްކައިން ޖޫރިމަނާ

މާފުށީ ޖަލަށް ވަގަށް ވަންނަން އުޅުނު މީހަކު ޖަލަށްލައި އަދި ދެވަނަ މީހާ 53،000ރ. އިން ޖޫރިމަނާ ކުރަން ...

އުރީދޫއިން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތަޢާރަފްކޮށްފި

ގިނަ އަދަދެއްގެ ފިލްމާއި ވީޑިއޯ ބަލާލެވޭ އެމޭޒަން ޕްރައިމް ވީޑިއޯ، އުރީދޫގެ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފިއެވެ. އެމޭޒަން ޕްރައިމް ވީޑިއޯއަކީ ...