ބާސެލޯނާގެ ދަނޑުގައި ބާސެލޯނާއަތުން މީގެ ކުރީން ބަލިވެފައިނުވާ ލިވަޕޫލް ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާއަތުން ބަލިވެއްޖެވެ.

ބާސެލޯނާގެ ދަނޑުގައި ލިވަޕޫލްއާއި ބާސެލޯނާ ބައްދަލުކުރި  އެއްވެސް މެޗަކުން މީގެ ކުރިން ބަލިވެފައިނުވާ ލިވަޕޫލް ރޭ ބާސެލޯނާގެ ދަނޑުގައި ބަލިވެފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ.

މެޗު ފަށައިގެން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމުންވެސް  އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތައް ފޮނުވަމުން ގޮސްފައިވެއެވެ.

މި މެޗުގައި  ބާސެލޯނާއަށް ފުރަތަމަ ގޯލް ޖަހައިދިނީ ކުރިން ލިވަޕޫލްއަށް ކުޅުނު ސުއަރޭޒްއެވެ. ސުއަރޭޒް މި ގޯލް ކާމިޔާބުކުރީ ޖޯޑީ އަލްބާ ލިވަޕޫލްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައަކުން މެޗުގެ 26 ވަނަ މިނެޓުގައެވެ.

ފުރަތަމަ ހާފް 1 ލަނޑު 0 ލަނޑުގެ ލީޑަކާއެކު ބާސެލޯނާ ކުރީގައިއޮވެ ނިމުނުނަމަވެސް ލިވަޕޫލްގެ ކުޅުންތެރީންވެސް ބާސެލޯނާގެ ޑިފެންސަށް ބާރުބޮޑުކުރަމުން ގޮސްފައިވެއެވެ.

ދެވަނަ ހާފުގެ ކުޅުންފަށައިގެންވެސް ލިވަޕޫލްވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ.  މިގޮތުން މިލްނާއާއި މާނޭއަށް  ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. މިފުރުސަތުތަކުގެ ބޭނުން ލިވަޕޫލަށް ނުކުރެވި ލިވަޕޫލްގެ ކުޅުންތެރީންނާއި ކޯޗް އަދި ސަޕޯޓަރުން މާޔޫސް ވެގެންދިޔައީ މެޗްގެ 75 ވަނަ މިނެޓުގައި މެސީ ބާސެލޯނާއަށް ދެވަނަ ގޯލް ކާމިޔާބުކޮށްދިނުމުންނެވެ.

މެސީ މި ގޯލް ކާމިޔާބުކުރީ ސުއަރޭޒް ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ބައުންސްވެގެން ކުޅުމުގެ ތެރެއަށް އައިވަގުތު ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފް އެއްކޮށްހެން ޑޮމިނޭޓްކޮށް ކުޅެމުންދިޔަ ލިވަޕޫލްގެ ގޯލަށް ބާސެލޯނާގެ 3 ވަނަ ގޯލް ވައްދާލީ ބާސެލޯއަށް ލިބުނު ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ބޯޅައެއް ގޯލުތެރެއަށް ވައްދާލައިގެންނެވެ. މިއީ މެސީ ބާސެލޯނާއަށް ކާމިޔާބު ކޮށްދިން 600 ވަނަ ގޯލެވެ. އަދި މިއީ އިނގިރޭސި ޓީމްތަކާއި ދެކޮޅަށް މެސީ ކުޅުނު 33 މެޗުގައި އޭނާ ޖެހި  26 ވަނަ ގޯލެވެ.

3 ލަނޑު 0 ލަނޑުގެ ލީޑެއް ބާސެލޯނާ ހޯދިކަމުގައިވިޔަސް  ލިވަޕޫލްގެ ކުޅުންތެރީންނަށް މިމެޗްގައި ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މިގޮތުން ބާސެލޯނާގެ ކީޕަރު ކަޓުވާލުމަށްފަހު ފިރްމީނޯ ފޮނުވާލި ބޯޅަ ގޯލުތެރެއަށް ވަނަނުދީ ދިފާއުކޮށްފައިވަނީ ބާސެލޯނާގެ ކުޅުންތެރީންނެވެ.   އަދި ލިވަޕޫލްގެ ސަލާހް ފޮނުވާލި ބޯޅަ ގޯލްތެރެއަށް ނުވަނީ ބާސެލޯނާގެ  ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް ބޯޅައައުމުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ މި މެޗަކީ މިދިޔަ ސީޒަން އަދި މި ސީޒަނުގެ ޗެންޕިއަންސް ލީގުގައިވެސް ރަށުން ބޭރުގައި ލިވަޕޫލްގެ ފަރާތުން އެންމެ މޮޅު ކުޅުން ފެނިގެން ދިޔަ މެޗު ކަމަށެވެ. މިމެޗުގައި ލިވަޕޫލުން ދެއްކި ކުޅުމުގެ ސަބަބުން ދެވަނަ ލެގުގެ މެޗުގައި ރަގަޅު ނަތީޖާއެއް ހޯދިދާނެކަމުގެ އުއްމީދު އާވެފައިވާކަމަށް ކްލޮޕްވަނީ ބުނެފައެވެ.

މި ދެޓީމް ބައްދަލުކުރާ ދެވަނަ ލުގުގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 8 ވަނަ ދުވަހުގެ ރާއްޖެ ގަޑިން ރޭގަނޑު 12:00 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުމުރުން އެންމެ 18 އަހަރުގެ ރަޑުކާނޫގެ ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

އިގިރޭސި ވިލާތުގެ އުމުރުން 18 އަހަރުގެ އެމާ ރަޑުކާނޫ  ޔޫއެސް އޯޕަންސް ކާމިޔާބުކޮށްފިއެވެ. ރަޑުކާނޫ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއިގުޅިގެން ...

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެއްޖެ

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް  އަށްޕޮޒިޓިވްވެއްޖެ އެވެ. އުމުރުން 19 އަހަރުގެ ...

20 އަހަރަށްފަހު ވޯލްޑްކަޕްގެ ސެމީފައިނަލަށް ކްރޮއޭޝިޔާ ދަތުރުކޮށްފި

ވޯލްޑްކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކްރޮއޭޝިޔާ ހޯދައިފިއެވެ. ސެމީ ފައިނަލް ފަހު ޖާގަ ކްރޮއޭޝިޔާ ހޯދީ ރޭ ...