މުލަ ރޯދަަ ދުވަހަކީ ހޯމަ ދުވަސްކަމަށް ކަނޑައަޅައިފި

މިއަހަރުގެ ރަމަޟާންމަހުގެ މުލަ ރޯދަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި ރަސްމީކޮށް ކަނޑައަޅައިފި އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ސޮއިކުރައްވާ ނެރުއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ތަނަކަށް ހަނދު ފެނިފައިނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނުނުކަން ރަސްމީކޮށް އިއުލާން ކޮށްފައިނުވާތީ 2019 މެއި މަހުގެ 5 ވަނަ ދުވަހަކީ  މިއަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަދި މެއިމަހުގެ  6 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ނިންމައިފި ކަމަށެވެ.

އަންނަ ހޯމަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި  ބޭއްވި ބައްދަލުވުމުގައި އިއްވި، ރަމަޟާން މަހުގެ ހަނދާބެހޭ ގަރާރުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

64 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ 11 މީހަކު ބަލިން ރަގަޅު ވެއްޖެ

10 ޖުލައި 2020 ވީ ހުކުރު ދުވަހު ރާއްޖެއިން ކޮވިޑަށް 64 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި ...

ދޮށީ އުމުރުގެ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގައިފި، 99 މީހުން ނެގެޓިވް

އުމުރުން ދުވަސްވީ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 99 މީހެއްގެ ނަތީޖާ ނެގެޓިވް ...

އަބްދުﷲ ސައީދުއާއި އަލީހަމީދު އަދި ނިހާން އާއި މުހުތާޒު ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ޕީޖީ ...