ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެ

ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެއެވެ.

އުމުރުން 32 އަހަރުގެ ވިލިއަމް  އާސެނަލަށް ބަދަލުވީ ޗެލްސީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި އޭނާ  އާސެނަލްއަށް ބަދަލުވެފައިވަނީ  ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ތަފާތު މަގާމުތަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ވިލިއަމްއަކީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުން އައިސްފައިވާ ކުޅުންތެރިއެކެވެ.   ވިލިއަމް އާސަނަލްއަށް ބަދަލުވުމުން ވިލިއަން އާއެކު އާސެނަލްގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ބެލެވެއެވެ.

ވިލިއަން އާސެނަލަށް ބަދަލުވިއިރު، އޭނާގެ އެއްބަސްވުން އާކުރަން ޗެލްސީން ވަނީ މަސައްކަތް ކޮށްފައެވެ. އެކަމަކު ޗެލްސީއަށް ނޫނެކޭބުނެ ވިލިއަން ޗެލްސީ ދޫކޮށް އާސެނަލްއަށް ބަދަލުވީ އޭނާގަބޫލް ކުރާ ވަރަށްވުރެ  ކުރު މުއްދަތެއްގެ އެއްބަސްވުމެއް ޗެލްސީން ހުށަހެޅުމުންނެވެ.

ވިލިއަން ޗެލްސީއާ ގުޅުނީ 2013 ވަނަ އަހަރު ބްރެޒިލްގެ ކޮރިންތިއަންސްއިންނެވެ.

ވިލިއަމް  ޗެލްސީއަށް ކުޅުނު 339 މެޗުގައި 63 ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު  ވިލިއަމްވަނީ  ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭ ކަޕް އެއް ފަހަރު އަދި ލީގު ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަޔަން – ހުރިހާގޮތަކުންވެސް ތަފާތު މޮޅު ކުޅުންތެރިއެއް

ނިމިދިޔަ ގައުމު ސްޓްރީޓް ކަޕް –ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މީދޫ ލޮތަރި އެފްސީ ހޯދިއިރު ގިނަބައެއްގެ ލޯ އަމާޒްވެގެން ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 12 އޮގަސްޓް  2022 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ހުޅުމީދޫ ނަން ބޭނުންކުރުން – ޝުކުރީގެ ހިތްހަމަ ނުޖެހުން

އައްޑޫމީދޫގައި ހިގާ ނުރަގަޅު ކަންކަމުގެ ވާހަކަ ” އޭއޯ ” ނިއުސްގައި ލިޔާއިރު ” ހުޅުމީދޫ ” ގެ ...