ޒާމިލްގެ ހެޓްރިކާއެކު ބޮޑުތަފާތަކުން މޮޅުވި ޝަމްސުއްދީންސްކޫލް މުބާރާތުން ކަޓައިފި

މަމެން އައްޑޫސިޓީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ހަސަން ޒާމިލްގެ ހެޓްރިކާއެކު ބޮޑުތަފާތަކުން މޮޅުވި ޝަމްސުއްދީންސްކޫލް މުބާރާތުން ކަޓައިފިއެވެ.

އިއްޔެހަވީރު ހިތަދޫ ޒޯންސްޓޭޑިއަމްގައި  ޝަމްސުއްދީން ސްކޫލާއި މަރަދޫފޭދޫ ސްކޫލް ބައްދަލުކޮށް  ކުޅުނު މެޗުގައި ހަސަން ޒާމިލްގެ ހެޓްރިކާއެކު 7 ލަނޑު 0 ލަނޑުގެ ތަފާތަކުން ޝަމްސުއްދީން މޮޅުވިކަމުގައިވިޔަސް ޝަމްސުއްދީން މުބާރާތުން ކަޓާފައިވަނީ ހިތަދޫ ޝަރަފުއްދީން ސްކޫލާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ފައިދާ ގޯލްގެ ތަފާތުން ޝަމްސުއްދީނަށްވުރެ ޝަރަފުއްދީނަށް ކުރިލިބިގެންނެވެ.

ޝަމްސުއްދީން ސްކޫލް ކުޅުންތެރީންގެ ފަރާތުން އިއްޔެ މެޗްގައި ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވާއިރު މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންއަންނަ އެސްކޫލްގެ ހަސަން ޒާމިލުވަނީ އިއްޔެ މެޗްގައި 4 ލަނޑު ޖަހާފައެވެ. ޝަމްސުއްދީން ސްކޫލުން މިމެޗްގައި ކާމިޔާބުކުރި އަނެއް 3 ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ޒިޝާންއާއި އަހުމަދު އިބާންގެ އިތުރަށް އައްސަދު އަލީ ރަޝީދެވެ.

މިމެޗުގައި ޝަމްސުއްދީން ސްކޫލް ޓީމުން ލަނޑު ޖެހުމަށްޓަކައި އެޓޭކިން ގޭމެއް ކުޅުނުއިރު މަރަދޫފޭދޫގެ ކުޅުންތެރީން މެޗް ނިމެންދެންވެސް ކުޅެމުންގޮސްފައިވަނީ  ފަހަތަށް ފައިބައިގެން އެޓީމުގެ ޕެނަލްޓީއޭރިއާގެ ތެރޭގައެވެ. އެހެންކަމުން ޝަމްސުއްދީން ސްކޫލް ކުޅުންތެރީން އިތުރު ލަނޑުތަކެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް އޭގެ ސަބަބުން ހުރަސްއެޅި އިތުރު ލަނޑުތަކެއް ޝަމްސުއްދީން ސްކޫލްގެ ކުޅުންތެރީންނަށް ކާމިޔާބުވާގޮތެއް ނުވިއެވެ.

އިއްޔެގެ މެޗުން 7 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ޝަމްސުއްދީން ސްކޫލް މޮޅުވެ މުބާރާތުން ކަޓައިގެންދިޔައީ 3 މެޗުކުޅެ 1 މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ 1 މެޗުން ދެރަވެ 4 ޕޮއިންޓް ލިބިގެންނެވެ.

ޝަމްސުއްދީން ސްކޫލް ހިމެނޭ ގްރޫޕްގައި ހިމެނޭ ޝަރަފުއްދީން ސްކޫލް ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗުން މޮޅުވެ އެއްމެޗުން ދެރަވެ އެއްމެޗް އެއްވަރުވުމުން އެޓީމަށްވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ. އެހެން ނަމަވެސް ޝަރަފުއްދީން ސްކޫލާއި ޝަމްސުއްދީން ސްކޫލް ޕޮއިންޓްގެ ގޮތުން އެއްވަރުވެ ފައިދާ ގޯލްގެ ތަފާތުން ޝަރަފުއްދީންނަށް ކުރި ލިބޭތީ މިގްރޫޕުން ޝަމްސުއްދީން ކަޓާ ސެމީފައިނަލަށް ހޮވުނީ ޝަރަފުއްދީން ސްކޫލެވެ.

ޝަމްސުއްދީން ސްކޫލް ހިމެނުނު ގްރޫޕުގައި ، ހިމެނުނު ހިތަދޫސްކޫލް ޓީމް ކުޅުނު 3 މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ހޮވުނީ ހިތަދޫ ސްކޫލެވެ.

މިގްރޫޕްގައި ދެން ހިމެނުނު މަރަދޫފޭދޫ ސްކޫލް ކުޅުނު 3 މެޗުންވެސް އެޓީމުވަނީ ބަލިވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިއްމެ ގޯލަކާ އެކު ސެމީގެ ފަހު ޖާގަ ހަބޭސް އަށް

“ގައުމު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ މީދޫގައި މިހާރު ކުރިއަށްދާ ” ގައުމު ސްޓްރީޓް ކަޕްގެ ” ...

ޓޫބްރަދާސްއާއި ގައުމު އެފްސީގެ ކުރިމަތިލުން އެއްވަރު

ގަންބުރި ކަޕް 2018 ގެ ނަމުގައި މިހާރު މީދޫގައި ބާއްވަމުންދާ ފުޓްބޯޅަ  މުބާރާތުގައި ޓޫބްރަދާސްއާއި ގައުމު އެފްސީ ބައްދަލުކުރި ...

އޮޑެގާޑާ ރަމްސްޑޭލް އާސެނަލަށް ސޮއިކޮށްފި

ނޯވޭއަށް ކުޅޭ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް އަދި ޝެފީލްޑް ޔުނައިޓެޑް އަށް ކުޅޭ ގޯލްކީޕަރު އާރޮން ...