ރެފްރީގެ ނިންމުތަކާ ހިތްހަމަ ނުޖެހިގެން އެކަމުގެ ރުޅިގަޑު ރެފްރީއަށް އަމާޒުކޮށްފި

މަމެން އައްޑޫއިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ހަވީރު ކުޅެވުނު މެޗަށްފަހު  އަތޮޅުމަދަރުސާޓީމްގެ  ކުޅުންތެރީންނާއި އޮފިޝަލުން އަދި ކުޅިބަލަން ގޮސްތިބި ވަރަށްގިނަ ބަޔަކު އިއްޔެގެ މެޗްގައި ރެފްރީކަންކުރި އިބްރާހިމް މުހައްމަދުގެ  ނިންމުންތަކާއިމެދު ހިތްހަމަ ނުޖެހިގެން އެކަމުގެ ރުޅިގަނޑު ރެފްރީ އިބްރާހިމް މުހައްމަދު އަށް އަމާޒުކޮށްފިއެވެ.

މިގޮތުން އިއްޔެމެޗަށް ފަހު ނަންހާމަކުރަން ނޭދޭ ފުޓްބޯޅަ ކޯޗަކު ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނީ އިއްޔެގެ މެޗްގައި ރެފްރީ ވަނީ އަތޮޅުމަދަރުސާޓީމު މުބާރާތުން ކަޓުވާލުމަށްޓަކައި އެޓީމާ ދެކޮޅަށް  ވަރަށް ގިނަ ނިންމުންތަކެއް  ނިންމާފައި ކަމަށެވެ.

“އަހަރެން އިއްޔެގެ މެޗް ބަލަންގޮސް ދަނޑުގައި ހުރިއިރު ފެނިގެން ގޮސްފައިވަނީ އަތޮޅުމަދަރުސާޓީމާ ދެކޮޅަށް ވަރަށް ބޮޑު ނިންމުންތަކެއް ރެފްރީ ނިންމަމުން ދިޔަތަން. އެނިންމުންތަކަކީ މެޗް ފެށުމުގެ ކުރީން ރާވާފައިވާ ރޭވުމެއްގެ ތެރެއިން ނިންމަމުން ގޮސްފައިވާ ނިންމުންތަކެއްކަން ޔަގީންވޭ” ނަން ހާމަކުރަން ނޭދޭ ފުޓްބޯޅަ ކޯޗަކުން އިއްޔެގެ މެޗަށްފަހު ބުނެފައިވެއެވެ.

އަދި އިއްޔެގެ މެޗްގެ ރެފްރީ އިބްރާހިމް މުހައްމަދުއަށް ފާޑު ކިޔަމުން ވީއޯއެމްއަށް މައުލޫމާތު ދިން ފޭދޫ މީހަކު ބުނީ އެރެފްރީއަށް އެނގޭނީ ބޭސްބޯލްއާއި ބެހޭ މައުލޫމާތު ކަމަށާއި ފުޓްބޯޅައާއި ބެހޭ އެއްވެސް މައުލޫމާތެއް އެރެފްރީއަށް ނޭނގޭ ކަމަށް ރެފްރީގެ ނިންމުންތަކުން ހީވާކަށެވެ.

މި މެޗުގައި ރެފްރީގެ ފަރާތުން ގޯސް ނިންމުންތަކެއް ނިންމާފައިވާ ކަމަށާއި އަތޮޅުމަދަރުސާއަށް އަށް ލިބެން ޖެހޭ ޕެނެލްޓީއެއްވެސް ރެފްރީ ކަނޑައެޅިގެން ނުދީ ދޫކޮށްލާފައިވާމަށް  އިއްޔެގެ މެޗް ބަލަންގޮސް އިން ފޭދޫ މީހާ ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

” އިއްޔެގެމެޗްގެ ފަހުހާފްގައި އަތޮޅުމަދަރުސާޓީމުގެ ކުޅުންތެރިއަކު އިރުޝާދިއްޔާގެ ގޯލަށް ފޮނުވާލި ބޯޅައެއް އެޓީމުގެ ކުޅުންތެރިއަކު  ގޯލްއޭރިޔާގެ ތެރެއިން ގަސްތުގައި އަތުންޖަހާ ދިފާއުކުރިވަގުތު ރެފްރީ ކައިރީގައިހުރި ، އެކަމަކު ރެފްރީ ވަނީ ޕްލޭއޮން ދައްކަވާފައި . އެކަމާ ގުޅިގެން އަތޮޅުމަދަރުސާޓީމުގެ ކުޅުންތެރީންނާއި އޮލިޝަލުން އަދި ކުޅިބަލަންގޮސްތިބި އަތޮޅުމަދަރުސާގެ ސަޕޯޓަރުންވެސް ރެފްރީ ޕެނަލްޓީ ނުދީ ޕްލޭއޮން ދެއްކުމުން ވަރަށްބޮޑަށް މައްސަލަޖެއްސި ، ރެފްރީ އެކަމާ އަޅާވެސް ނުލާ ކުޅުންކުރިއަށް ގެންދެވީ . މީގެ އިތުރަށްވެސް  ރެފްރީ އިއްޔެގެ މެޗްގައި އަތޮޅުމަދަރުސާޓީމާއި ދެކޮޅަށް ވަރަށްބޮޑެތި ނިންމުންތައް ނިންމަމުން ގޮސްފައިވޭ ، މިގޮތުން އަތޮޅުމަދަރުސާއަށް އިރުޝާދިއްޔާގެ  ޕެނަލްޓީއޭރިޔާގެ ބޭރުން ލިބުނު ހިލޭޖެހުމެއްގައި ފޮނުވާލި ބޯޅަ އިރުޝާދިއްޔާގެ ގޯލްކީޕަރު ދިފާއުކޮށްފައި ފޮނުވާލި ވަގުތު އަތޮޅު މަދަރުސާޓީމުގެ ކުޅުންތެރިއަކަށް ލިބި އިރުޝާދިއްޔާގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލުމުންވެސް އޮފްސައިޑްކަމަށްދައްކާ އެއީ ގޯލެއްނޫންކަމަށްވަނީ ނިންމާފައި . އެއީވެސް އޮފްސައިޑް ބޯޅައެއްނޫން ” އިއްޔެގެ މެޗް ބަލަން ގޮސްހުރި ފުޓްބޯޅަ ކޯޗަކު ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އިއްޔެ މެޗު 0-0 ން އެއްވަރުމުން އަތޮޅުމަދަރުސާޓީމް މުބާރާތުން ކަޓާ އިރުޝާދިއްޔާސްކޫލްވަނީ ފައިނަލަށް ހޮވިފައެވެ. އިރުޝާދިއްޔާ ފައިނަލަށް ހޮވުނީ 8 ޕޮއިންޓް ލިބިގެންނެވެ. އިރުޝާދިއްޔާއާއި ފައިނަލްގައި ބައްދަލުކުރާނީ 9 ޕޮއިންޓް ލިބިގެން ފައިނަލަށް ހޮވިފައިވާ ޝަރަފުއްދީން ސްކޫލާއެވެ.  ޕޮއިންޓް ސިސްޓަމަށް ކުޅުނު މެޗްތަކުގައި އަތޮޅުމަދަރުސާ ކަޓުވާލުމަށްޓަކައި ޝަރފުއްދީން ސްކޫލުންވަނީ އިރުޝާދިއްޔާއަށް މެޗް ދޫކޮށްލާފައެވެ. އެމެޗް 7 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ކާމިޔާބުކޮށްފައިވަނީ އިރުޝާދިއްޔާއެވެ.

  • ކޮމެންޓްސް (2)

  • ައަހުމަދު

    މުބާރާތި ރެފްރީ ޓީމް އެފްއޭއެމްގެ އޮފިށަލުން ޓީމް ކޮޅޮނަފެހޭެ މިފަދަ ބޭއިންސާފް ނިންމުންތައް ފެންނާނެ

    • ައަހުމަދު

      މެޗް ފެށުމުގެ ކުރީން އެފްއޭއެމްގެ އިސްވެރީން އިރުޝާދިއްޔާ ބެންޗް ކައިރިއަށްގޮސް އެޓީމްގެ ކުޅުންތެރީންނާއި އޮފިޝަލުންނާވެސް ބައްދަލުކުރި މަންޒަރު ފެނުނު. އަދި އެމީހުން ބެންޗްކާރީގައި ބޮޑިވެގެންތިބެ ވާހަކަ ދެއްކި، މީދެން ބޮޑުވަރު

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮޑު ތަފާތަކުން ލޫޓަން ބަލިކޮށް، ސިޓީއަށް 2 ޕޮއިންޓްގެ ލީޑެއް

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ގެ ތަފާތުބޮޑު ނަތީޖާއަކުން ލޫޓަން އަތުން މޮޅުވެ ޗެންޕިއަން މެންޗެސްޓާ ...

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ އަޙްމަދު ނުޢުމާން އައްޔަން ކުރައްވައިފި

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސްބޭފުޅެއްކަމުގައިވާ އައްޑުއަތޮޅު ހިތަދޫ ޖަނަވަރީމާގޭ އަޙްމަދު ނުޢުމާން،  ކޮމިޝަނަރ ޖެނެރަލް އޮފް ...

ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ދޫކޮށްލި ފުލުހުންގެ މައްސަލަ އެންއައިސީއަށް

ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް ...