އިއްމެ ގޯލަކާ އެކު ސެމީގެ ފަހު ޖާގަ ހަބޭސް އަށް

“ގައުމު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ މީދޫގައި މިހާރު ކުރިއަށްދާ ” ގައުމު ސްޓްރީޓް ކަޕްގެ ” ކުއާޓާ ފައިނަލްގެ ފަހުމެޗުގައި އިއްމެ  ކާމިޔާބުކޮށްދިން ގޯލުން ފޭދޫ ހަބޭސް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ

ފޭދޫ ހަބޭސް ސެމީ އަށް ދަތުރުކުރީ މަރަދޫ ގަބުރުއާއި ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

1-0 ގެ ނަތީޖާއަކުން ހަބޭސް މިމެޗުން މޮޅުވިކަމުގައިވިޔަސް މިމެޗްގައި ހަބޭސް ކުޅުންތެރީންނަށްވުރެ ގަބުރުޓީމްގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ. އަދި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއްވެސް އެޓީމުގެ ކުޅުންތެރީންނަށް ލިބިފައިވެއެވެ.   އެހެންނަމަވެސް އެފުރުސަތުތަކުގެ ބޭނުން އެޓީމުގެ ކުޅުންތެރީންނަށް ނުހިފުނެވެ.

މަރަދޫއާއި ފޭދޫ އަދި ހުޅުދޫއާއި މީދޫގެ ގިނައަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން ހާޒިރުވި ފޯރިގަދަ މިމެޗްގެ ދެވަނަ ހާފްގެ ކުރީކޮޅު ހަބޭސްގެ ސަޔަމް ސައީދު ތަނަވަސްކޮށްދިން ފުރުސަތެއްގައި އިއްމެ ވަނީ ހަބޭސްއިން މިމެޗްގައި ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްދީ ހަބޭސްއަށް މެޗްގެ ލީޑް ނަގާދީފައެވެ.  ހަބޭސްގެ މިލަނޑަށްފަހުވެސް ގަބުރުގެ ކުޅުންތެރީން މެޗްގެ ނަތީޖާ ބަދަލުކުރުމަށް ކުރިއަށްޖެހި ވަރަށްބޮޑަށް މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް މެޗް ނިމިގެންދިޔައީ 1ލަނޑު 0 ލަނޑުން ހަބޭސް މޮޅުވެގެންނެވެ.

މަރަދޫ ގަބުރު އެފްސީ : މިޓީމްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް މެޗްގެ އޮފިޝަލުން ހަބޭސްގެ ސަޔަމް ހޮވާފައިވާއިރު މިމެޗުން ހަބޭސްމޮޅުކޮށްދީ ސެމީފައިނަލަށް ގެންގޮސްދިން ލަނޑު ކާމިޔާބުކޮށްދިން އިއްމެއަށް މޮޅު ކުޅުންތެރިޔާގެ މަގާމް ނުދިނުމުން ބައެއް ފަރާތްތަކުން އެކަމަށް ވަރަށްބޮޑަށް ފާޑުކިޔާފައިވެއެވެ.

މިމެޗުން ހަބޭސް މޮޅުވެ ސެމީފައިނަލަށް ހޮވުމުން ސެމީފައިނަލްގައި ހަބޭސް ވާދަކުރަންޖެހޭނީ ކުއާޓާފައިނަލްގައި ހިތަދޫ އުސްގަޑަ ބަލިކޮށް ސެމީފައިނަލުން ޖާގަހޯދާފައިވާ ހިތަދޫ ކްލަން ރިވެރިން ނެކްސަސްއާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިރުޝާދިއްޔާ ލަދުގަންނަވާލާ ހިތަދޫ ސްކޫލްފައިނަލަށް

ހިތަދޫ ސްކޫލްގެ އަހުމަދު  ޔާސީން އަބްދުﷲގެ ހެޓްރިކާއެކު މަރަދޫ އިރުޝާދިއްޔާގެ 12 އަހަރުން ދަށުގެ ޓީމް ލަދުގަންނަވާލާ ވަރުގެ ...

ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައިފ

އިސްލާމިކް މިނިސްޓްރީން މާދަމާއަކީ ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިއެވެ. އިސްލާމިކް މިނިސްޓްރީން މިގޮތައް ނިންމީ ...

ކުރީ ސަރުކާރުގައި ބަޖެޓުގެ ބޮޑުބައެއް ހޭދަކުރީ ޕެޕާސްޕްރޭ އާއި މުގުރަށް: ރައީސް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަޖެޓްގެ ބޮޑުބައެއް ހޭދަ ކުރީ ޕެޕާސްޕްރޭ އާއި މުގުރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ...