” މިއަދަކު އަގޮޑީޓީގެ ޝަކުވާއަކާ ދެލިފޮހޭ ގަލަމުގެ ޝަކުވާއެއް ނާދޭ ” ރައީސް ސޯލިހު

ނުފޫޒާ ބާރުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ދިނުމުން އެއްވެސް ޝަކުވާއެއްނެތި އެއްވެސް މައްސަލައެއްނުޖެހޭގޮތައް މިރާއްޖޭގައި އިންތިޚާބެއް ބޭއްވިގެން ދިޔަތަން  ފެނިގެން ހިގައްޖެކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެވެ

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އެމްޑީޕީއަށް ރަށްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އުފާފާޅު ކުރުމުގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ ބޭއްވުނު އުފާފާޅުކުރުމުގެ ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން އަދިވެސް އިސްލާހަށް މަސައްކަތް ކުރާފަރާތްތައްތިބީ ސަރުކާރާ އެއްކޮށްކަން ހާމަވެގެން ގޮސްފައިވާކަމަށާ  ނުފޫޒާ ބާރުން އެއްކިބާވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ދިނުމުގެ ނަތީޖާއަކީ ޝަކުވާއެއްނެތް އަމާން އިންތިޚާބެއް ރަށްޔިތުންނަށް ލިބުންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

” މިއަދު ފެނިގެން މިދިޔައީ ނުފޫޒާ ބާރުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ދިނުމުން އެއްވެސް ޝަކުވާއެއްނެތި އެއްވެސް މައްސަލައެއްނުޖެހޭގޮތައް މިރާއްޖޭގައި އިންތިޚާބެއް ބޭއްވިގެން ދިޔަތަން. މިއަދަކު ނާދޭ އަގޮޑީޓީގެ ޝަކުވާއެއް، މިއަދަކު ނާދޭ ދެލިފޮހޭ ގަލަމުގެ ޝަކުވާއެއް، މިއަދު ރަށްޔިތުން ނިކުމެ ވޯޓްދިނީ ހިތްހަމަ ޖެހިގެން ، ރަށްޔިތުން މިއަދު ނިންމި ނިންމުމަކީ 23 ސެޕްޓެމްބަރުގައި ނިންމި ނިންމުމާއެއްގޮތައް އަދިވެސް ތިއްބެވިކަން އަންގައިދިނުމަށް ނިންމި ނިންމުމެއް . އަދި ވައްކަމާ ކޮރަޕްޝަނަށް އެބުރި ދާން ބޭނުންނުވާކަން މިއަދު ރަށްޔިތުންވަނީ އަނެއްކާވެސް ހާމަކޮށްދީފައި. ” ރައީސް ސޯލިހު ވިދާޅުވިއެވެ.

ރަށްޔިތުންގެ މަޖިލިހަށް ހޮވުނު މެމްބަރުން އެބޭފުޅުންގެ ޒިންމާ އަދާކުރައްވާނެކަމަށް ޔަގީން ކުރައްވާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުން ވައްކަމާ ކޮރަޕްޝަނަށްވެސް ފުރުސަތު ނުދެއްވާނެކަމަށެވެ.

” ތިބޭފުޅުން ކޮރަޕްވެރިކަމަށް ނޫނެކޭ ބުނެފި ، ތިބޭފުޅުން ކިލަބުވެފައި އޮތް ރަށްޔިތުންގެ މަޖިލިހެއް ޒިންމާދާރު މަޖިލިހަކަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވައިފި ، ދެން އޮތީ އަޅުގަޑުމެންގެ ވާޖިބު ، މިއަދު ތިޔަބޭފުޅުން ނިންމެވި ނިންމެވުމަކީ ހެޔޮވެރިކަމަށް ތިޔަބޭފުޅުންކުރާ އުއްމީދުގެ ދަލީލެއް ،  ” ރައީސް ސޯލިހު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުގައި އަމިއްލައެދުން އިސްކޮށްގެން މަސައްކަތްކުރުމުގެ ޖާގައެއްނުދެއްވާނެކަމަށެވެ. އަދި ރައީސް ސޯލިހުގެ ވާހަކަފުޅުގައިވަނީ ނޫސްވެރީންގެ ޒިންމާ ބޮޑުކަންވެސް ފާހަގަކޮށް ވާހަފުޅު ދައްކަވާފައެވެ. ރަށްޔިތުން ސަރުކާރާ ހަވާލްކުރި ޒިންމާ އަދާކުރޭތޯ ނޫސްވެރީންބެލުމަށް ރައީސް އިއުތިމާސް ކުރެއްވިއެވެ. ރައީސް ވިދާޅުވީ މިސަރުކާރު އައިގޮތް ހަދާން ނުނެތޭކަމަށާ ސަރުކާރު ގެނައުމަށް މަސައްކަތްކުރެއްވި ޓީމާއެކު މަސައްކަތް ކުރަން މިއަދުވެސް ތައްޔާރަށް ހުންނެވިކަމަށެވެ.

” އަޅުގަޑުމެން ވެރިކަމަށް އައިގޮތް އަޅުގަޑު މިއަދަކުވެސް ހަދާނެއް ނުނެތޭ ، ރަށްޔިތުން އަޅުގަޑު ހޮއްވެވީ ރަށްޔިތުންނަށް ޚިދުމަތްކުރުމަށް ، ރަށްޔިތުން އެދުނު އެދުންތައް ތަންފީޒު ކުރުމަށް ، އަޅުގަޑު މިއަދުވެސް މިހުރީ އެޓީމާއެކީގައި އެމަސައްކަތްކުރުމުގައި ކުރިއަށްދާން ތައްޔާރަށް ، ކޮރަޕްޝަނާ ވައްކަން މިދިޔަ ސަރުކާރުން ހިންގާފައިއޮތްވަރުބަލާ އެކަން ހޯދުމަށްޓަކައި އަޅުގަޑުމެން އެކުލަވާލި ކޮމިޓީ އިރާދަކުރެއްވިއްޔާ މިމަޖިލިހާއެކު ކަމިޝަންކުރާތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ، ” ރައީސް ސޯލިހު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: ކޮވިޑް19 – ދަތުރުވެރީންގެ ޓެމްޕްރޭޗަރ ޗެކްކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނި މިހާރު މުޅި ދުނިޔޭގައި ފެތުރިގެން އުޅޭ ކްރޯނާވައިރަސް ނުވަތަ ކޯވިޑް19 އަށް ...

ގައުމު ސްޓްރީޓް ކަޕް – ވިއްސާރަވުމުގެ ސަބަބުން މިރޭގެ މެޗްތައް ކެންސަލްކޮށްފި

މިރޭ ކުޅުމަށް ތާވަލް ކުރެވިފައިވާ ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ މެޗްތައް މިރޭ ނުބާއްވާގޮތައް  ހަމަޖައްސައިފިއެވެ. ...

ބަދުއަހުލާގީ ވީޑިއޯ މައްސަލައިގައި ކާނަލް ނަޝީދާއި ފުލުހަކު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތަކުގެ މައްސަލައިގައިި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ...