ރޮލެކްސް ގަޑިއާއި ކޮހިނޫރު އަގޮޓީގެ ޒަމާން ނިމިގެން ގޮސްފި – ރައީސް ނަޝީދު

ރޮލެކްސް ގަޑިއާއި ކޮހިނޫރު އަގޮޓީގެ ޒަމާން ނިމިގެން ގޮސްފައިވާކަމަށް ކުރީގެ ރައީސް އަދި 19 ވަނަ ރަށްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މައްޗަންގޯޅީ މެދުދާއިރާގެ ގޮޑި ކާމިޔާބުކުރެއްވި މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ 19 ވަނަ ރަށްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތުގައި އާއްމުންނާއި މުޚާޠަބްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

” ރޮލެކްސްގަޑިއާއި ކޮހިނޫރު އަގޮޓީގެ ޒަމާން ނިމުނީ ، ތިޔަބޭފުޅުން އިންތިޚާބްކުރެއްވީ ނަޒާހަތްތެރި ރަށްޔިތުންގެ މަޖިލިހެއް ، އިރާދަކުރެއްވިޔާ އަޅުގަޑުމެން ތިޔަބޭފުޅުންނަށް އެވާޖިބް އަދާކޮށްދޭނަން، ތިޔަބޭފުޅުން ބޭނުންފުޅުވެ ވަޑައިގެންނެވީ ތިޔަބޭފުޅުންގެ އާއްމު ހާލަތު ރަގަޅުކުރުމަށް ، ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަތީ ބޯހިޔާވަހިކަން ، އިރާދަކުރެއްވިއްޔާ އަޅުގަޑުމެން ތިޔަބޭފުޅުން ތިޔައެދިވަޑައިގެންނެވި ރަށްޔިތުންގެ މަޖިލިހުގެ މަސައްކަތް ތިޔަބޭފުޅުންނަށް ހޯދާދޭނަން، މިކާމިޔާބަކީ އެއްވެސް ޝައްކެތްނެތްގޮތުގައި ތިޔަބޭފުޅުންގެ ކާމިޔާބީއެއް ،   ”  ނަޝީދު ވިދާޅުވިއެވެ

ރައީސް ނަޝީދު ވިދާޅުވީ ރަށްޔިތުން ދެއްވި  ތާއީދާއެކީގައި ރަށްޔިތުންއެދޭ މަސައްކަތްތައް  ރަތްޔިތުންނަށް ކޮށްދޭނެކަމަށެވެ.

” މިދިވެހިރާއްޖެ އަލިވިލެން މިދަނީ މާއުފާވެރި ފަތިހަކަށް ، ރަންރީދޫއިން ޖަރީވެފައިވާ ފަތިހަކަށް ، ދިވެހިރާއްޖޭގެ ރަށްޔިތުންގެ އުއްމީދީ ފަތިހަކަށް ، އަޅުގަޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން އަޅުގަޑުމެންނާ ހަވާލްކޮށްދެއްވާފައިވާ މަސައްކަތް އަކުރުން އަކުރަށް ރަނުން ރަނަށް ކޮށްދޭނަން ، ” ރައީސް ނަޝީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮނާލްޑޯ އިޓަލީ ޓިއުރިންއަށް

އިޓަލިއަން ލީގު އަލުން ފެށުމަށް ތައްޔާރުވަމުން ދާތީވެ ޔުއެންޓާސްއަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި ...

ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ހިމެނޭހެން 4 މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނިމާލް ހިމެނޭހެން 4 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ...

އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ހުކުރުދުވަހު ރާއްޖެއަށް ފަށަނީ

އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަންނަ ހުކުރުދުވަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ކޯވިޑް19 އަށްފަހު އެ އެއަރލައިނުން ...