ސްޕެނިޝް ލަލީގާ- ބޭނުމީ މިރޭގެ މެޗުން މޮޅުވެ މިކަން ނިންމާލުން- ޒިދާން

ސްޕެނިޝް ލަލީގާގައި މިރޭ ވިލަރެއާލްއާއި ދެކޮޅަށް ނިކުންނައިރު އެންމެބޮޑު ވިސްނުމެއް ހުރީ މެޗުން މޮޅުވެގެން ލީގު ޗެމްޕިއަންކަން ހޯދުންކަމަށް ރެއާލްމެޑްރިޑްގެ ކޯޗް ޒިދާން ބުނެފިއެވެ.

މިރޭގެ މެޗާބެހޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ ލީގުގެ ފަހުމެޗަށް އިންތިޒާރުކުރަން ބޭނުން ނުވާކަމަށާ ބޭނުމީ މިރޭގެ މެޗުން މޮޅުވެ މިކަން ނިންމާލުންކަމަށެވެ.  ޒިދާން ބުނީ އެހެން މެޗްތަކެކޭ އެއްފަދައިން އޭނާގެ ޓީމް މިމެޗަށްވެސް ނިކުންނާނީ މޮޅުވާންކަމަށެވެ.

2017 ވަނަ އަހަރުގެ ލަލީގާގެ ތަށި ރެއާލްއަށް ހޯދައިދިން ކޯޗް ޒިދާން ބުނީ އަދިވެސް އޭނާއަށް ޗެމްޕިއަންކަމުގެ އިހުސާސް ނުވާކަމަށާ މިރޭ ވިލަރެއާލް ބަލިކުރުމަށްފަހު ކުޅުންތެރީންނާއެކު ޗެމްޕިއަންކަން ލިބުމުގެ އުފާ ހާސިލް ކުރަން ބޭނުންވާކަމަށެވެ.

ލޮކްޑައުނަށްފަހު އެނބުރި އައިސް ޓީމުއޮތީ ވަރަށް ބޮޑަށް ކާމިޔާބަށް ފެން ބޮވައިގެންފައިކަމަށާ ރެއާލްމެޑްރިޑާއެކު މިވަގުތު ހުރެވޭތީ އުފާކުރާކަމަށެވެ.

މިރޭގެ މެޗް ރެއާލްމެޑްރިޑް ކާމިޔާބުކޮށްފިނަމަ ބާކީ އެއްމެޗާއެކު ލީގުގެ ތަށި މެޑްރިޑަށް ކަށަވަރުވެގެން ދާނެއެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020: ޗެކްރިޕަބްލިކް ބަލިކޮށް ޑެންމާކް ސެމީއަށް

ޗެކްރިޕަބްލިކް ބަލިކޮށް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ޑެންމާކް ޖާގަ ހޯދައިފިއެވެ. ޑެންމާކު ސެމީފައިނަލުން ޖާގަ ހޯދާގައިވަނީ ...

ފޯކައިދޫގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަން ރޯދަވީއްލުމެއް

ށ ފޯކައިދޫގައި ދިރިއުޅޭ މުސްލިމް ބިދޭސީ މަސަކަތްތެރިންނަށް ފޯކައިދޫ ކައުންސިލާއި އާންމު ބައެއް ފަރާތްތަކުން ރޯދަ ވީއްލުމެއް ދީފި ...

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެއްޖެ

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް  އަށްޕޮޒިޓިވްވެއްޖެ އެވެ. އުމުރުން 19 އަހަރުގެ ...