
ދައުވާ ކުރެވޭ މައްސަލަތަކުގެ ޝަރީއަތްތައް އަވަހަށް ނިންމުމަކީ އަދުލު އިންސާފު ކަށަވަރުކުރުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އިއްޔެގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
”އަދުލުއިންސާފު ލިބުމަކީ މުޖުތަމައުގެ ހަމަޖެހުން“ މި މައުޟޫގެ މައްޗަށް މިއަދު ދިން ހުކުރު ހުތުބާގައި ވަނީ އަދުލު އިންސާފު ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި އަނިޔާވެރި ގާޒީންނަށް ގިޔާމަތްދުވަހުން ހުރި ބިރުވެރިކަމުގެ ވާހަކަ ވިދާޅުވެފައެވެ.
އެގޮތުން އިސްލާމްދީން ބަޔާންކުރާގޮތުގައި އަދުލުވެރިކަން ގާއިމްކޮށް އިންސާފު ކަށަވަރުކުރުމަކީ ވެރިންނާއި ރައްޔިތުން ބައިވެރިވެގެން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އަދުލު އިންސާފު ގައިމްކޮށް ކަށަވަރު ކުރުމަށްޓަކާ ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޒިންމާތަކެއްވާ ކަމަށެވެ.
އަދި މުޖުތަމައުގެ ކަންކަމާ ހަވާލުވެތިބޭ ފަރާތްތަކުން އެފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން މެނުވީ އަދުލު އިންސާފު ގާއިމެއް ނުކުރެވޭނެކަމަށް ވިދާޅުވެފައިވެއެވެ.
އެގޮތުން، އަދުލުވެރިކަމުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ދެޞަމުންގެ މެދުގައި އަދުލު އިންސާފުން ޝަރީއަތް ހިންގުމާއެކު އެއްވެސް ތަފާތު ކުރުމެއްނެތި ނުފޫޒުތަކުން އެއްކިބާވެހުރެ، އަދުލު އިންސާފުން ހުކުމް ކުރުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
”ހަމަކަށަވަރުން އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި، މީށްތަކުންގެ މެދުގައި ތިޔަބައިމީހުން ހުކުމްކުރާނަމަ، އަދުލަށް ހުކުމް ކުރުމަށް ވެސް އަމުރު ކުރައްވަތެވެ،“ މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
އަދި ވިދާޅުވީ، ދައުވާ ކުރެވޭ މައްސަލަތަކުގެ ޝަރީއަތްތައް އަވަހަށް ނިންމުމަކީ އަދުލު އިންސާފު ކަށަވަރުކުރުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ.
”ކުށެއް ނުކުރާހާ ހިނދަކު ކުށްވެރިނުވެ ހުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ކަށަވަރުވާންޖެހެއެވެ. އަދި ހަމައެހެންމެ ކުށަކަށް އަރައިގަނެފިނަމަ ގާނޫނުގައި ކަނޑައެޅިފައިވާ އަދަބުން އެއްވެސް މީހަކު ސަލާމަތް ނުވާނެކަން ކޮންމެ ރައްޔިތަކަށްމެ ގަބޫކުރެވޭ މިންވަރަށް އަދުލު އިންސާފުގެ ނިޒާމު ހަރުދަނާވާންޖެހެއެވެ،“ ހުތުބާގައި ވިދާޅުވެފައިވެއެވެ.
ހުތުބާގައި އަދުލުވެރި ގާޒީންނާއި އަނިޔާވެރި ގާޒީންނަށް ހުރި ވާހަކަތަކަށް ވެސް އަލިއަޅުއްވާލައްވާފައިވެއެވެ.
އެގޮތުން އަދުލުވެރި ގާޒީންނަށް ﷲގެ ހަޒްރަތުގައި މަތިވެރި ދަރަޖަ ލިބޭނެކަމުގެ އުފާވެރި ހަބަރު ދެއްވާފައިވާކަން ފާހަގަކުރައްވާ ކީރިތި ރަސޫލާ …. ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނަ ވަނީ ވިދާޅުވެފައިވެއެވެ.
ހަދީޡް ބަސްފުޅުގެ މާނައިގައިވަނީ:
އަދި އަނިޔާވެރި ގާޒީންނަށް ޤިޔާމަތްދުވަހުން ހުރި ނުރައްކާތެރިކަމާއި ވައީދުގެ ބަސްފުޅުތަކުގެ ވާހަކަތައް ވެސް ހުތުބާގައި ވިދާޅުވިއެވެ.
އެގޮތުން އަނިޔާވެރި ގާޒީންނަށް ހުރި ނުރައްކާތެރިކަމުގެ ވާހަކަ ބަޔާން ކުރައްވާ ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ:
ކޮމެންޓްސް (0)