300 މިލިއަން ޑޮލަރު މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގެތަސައްވަރު ހަގީގަތަކަށް ހަދަން ހޭދަކުރައްވާނެ

Advertisement
Advertisement

އައްޑޫ ތަސައްވަރު ހަޤީޤަތަކަށް ހެދުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް މިހެން ވިދާޅުވީ ރައީސް ނަޝީދާއި އައްޑޫ މޭޔަރ ސޯބެ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ބައިވެރިވެވަޑއިގެން އައްޑޫ ތަސައްވަރު އިފްތިތާޙް ކުރުމަށް މިރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައިގަނޑު އަށް ކަމެއްގެ މައްޗަށް އެކުލެވޭ ގޮތައް އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލައަށް އެކުލަވާލާ ދިވެހި ސަރުކާރަށްހުށަހެޅި  “އައްޑޫ ތަސައްވަރަށް” ގައި ހިމެނޭ  300 މިލިއަން ޑޮލަރު މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގެ ކަންތައްތަކަށް ހޭދަކުރައްވާނެކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ އައްޑޫގެ ތަސައްވަރަށް ހޭދަކުރަން ނިންމާފައިވާ  300 މިލިއަން ޑޮލަރަކީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.

“އައްޑޫއަކީ އަރާމު ދިރިއުޅުމެއް އުޅެން ބޭނުންވާ މީހުންނަށް އުޅެވޭނެ ތަނަކަށް ހެދުމަށް 300 މިލިއަން ޑޮލަރު އެއީ އެހާ ބޮޑު އެއްޗެއް ނޫން ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެ ފައިސާ ލިބޭނެ ގޮތްވެސް މިހާރުވެސް ވަނީ ހަމަޖެހިފައި.” އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝީދު  ވާހަކަފުޅު ދައްކަވަމުން އައްޑޫގެ ރަށްޔިތުންގެ ފަރާތުން އެދިލެއްވީ އައްޑޫ ތަޞައްވަރު ހަޤީޤަތަކަށް ހެދުމަށް “އެޖެންޑާ 19” އަށް ވޯޓް ދެއްވުމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނާޒިމް ސައްތާރު ހައްޔަރުކޮށްފި

މީސް މީޑިއާގައި އާއްމުވެފައިވާ އެއް ޖިންސުން ގުުޅުން ހިންގުމުގެ ވީޑިއޯތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް މުހައްމަދު ...

ކޯވިޑް-19 : އިތުރު 45 މީހަކު ޕޮޒިޓިވްވެއްޖެ

އިތުރު 45 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި މި ބަލިޖެހުނު މީހުންގެ އަދަދު 835 އަށްއަރައިފިއެވެ. އެޗްޕީއޭއިން ...

ހުޅުމީދޫ ސިއްހީމަރުކަޒުން ހަކުރުބަލީގެ ދުވަސް ފާހަގަކޮށްފި

ދުނިޔޭގައި ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމީދޫ ސިއްހީ މަރުކަޒުން  އިއްޔެ ހަވީރު  ހާއްސަ ހަރަކާތެއް ކުރިއަށް ...