މިހާތަނަށް ރައީސަކަށް ނުދަންނަވާ ވަރުގެ ހޫނު މަރުހަބާއެއް މިއަދު އައްޑުއަތޮޅުން ރައީސް ސޯލިހުއަށް ދަންނަވާނެ

Advertisement

އެޖެންޑާ 19ގައި ހިމެނޭ އައްޑޫ ތަސައްވަރު ލޯންޗުކޮށްދެއްވުމަށް ރައީސް ސޯލިހު މިއަދު ހަވީރު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އައްޑޫން މިހާތަނަށް ރައީސަކަށް ނުދަންނަވާ ވަރުގެ ހޫނު މަރުހަބާއެއް ދެންނެވުމަށް  ތައްޔާރުވަމުން އަންނަ ކަމަށް އެމްޑީޕީ އައްޑޫ ދާއިރާއިން ހާމަކޮށްފިއެވެ.

ރައީސް ސޯލިހު އައްޑުއަތޮޅަށް ވަޑައިގައިތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. މި ދަތުރުފުޅިގައި ރައީސް ސޯލިހު އާއި އެކު ރައީސް ނަޝީދު އާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ބައެއް އިސްވެރިން އައްޑުއަތޮޅަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް ސަޕޯޓަރުން މެންދުރު 2:30 އިން ފެށިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖަމާވާން ފެށުމަށްވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެއްޓުމަށް ރައީސް ސޯލިހު އައްޑުއަތޮޅަށް ވަޑައިގެންނެވި ދަތުރުފުޅާއި ކެމްޕެއިން ނިންމަވާލެއްވުމަށް ރައީސް ސޯލިހު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެމަނިކުފާނަށް އައްޑުއަތޮޅުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގެން އައްޑޫއަށް ވަޑައިގަތުމުންވެސް ރައީސް ނަޝީދަށްވެސް އައްޑޫ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް ސޯލިހު މިއަދު އައްޑުއަތޮޅަށް ވަޑައިގަތުމަށްފަހު އެމަނިކުފާންގެ ސަރުކާރުން އައްޑޫ ތަރައްޤީ ކުރުމުގެ މަޝްރޫއު އިއްލާންކޮށްދެއްވުމަށް ބާއްވާ ޚާއްސަ ޖަލްސާ މިރޭ މަރަދޫ ބަނދަރު ސަރަހައްދުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕިކްނިކް އައިލެންޑް ތަރައްޤީކުރަނީ އެނބޫދޫ ފިނޮޅުގައި

މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެއާ ކައިރިން ޚާއްޞަ ކުރައްވާފައިވާ ރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ...

ގައުމު ސްޓްރީޓް ކަޕް _ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ސެމީފައިނަލަށް

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގައި މީދުން ވާދަކުރި ޓީމްތަކުގެ ތެރެއިން ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ...

ލައިން ޖަޖެއްގައި ބޯޅައިން ޖެހުމުން ޖޮކޮވިޗް މުބާރާތުން ވަކިކޮށްފި

ޔޫއެސް އޯޕަން ޓެނުސް މުބާރާތުގެ  ހަތަރު ވަނަ ބުރުގައި މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ގަސްދު ލައިން ...