މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަނުގެ އިންސްޕެކްޝަން މިއަދު ފަށަނީ

މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލާ ޗެކްކުރުމަށް ދައުލަތުގެ ގިނަ އިދާރާތަކެއް ގުޅިގެން ފަށާ އިންސްޕެކްޝަން މިއަދު ފެށުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެއާއި މީހުން ދިރިއުޅޭ އެން ރަށްރަށުގައި ފަތުރުވެރިންނަށް ޗުއްޓީހޭދަކުރަން ތިބެވޭނީ ކޯވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައި ވާ މީހުނަސް އެކަނި ކަމަށާއި، ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ތިބެވޭނީ ގެސްޓްހައުސް ހުރި ރަށުގެ އާބާދީގެ 60 އިންސައްތަ ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ ކަމަށް އެ އެޖެންސީން އިއުލާން ކޮށްފައިވާނެ ކަމަށެވެ.

މީދޫ- 17-8-2021- އިންޑިޔާގެ ފަތުރުވެރީން މީދޫގައި

އެހެންނަމަވެސް އެ އުސޫލާއި ޚިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މަޢުލޫމާތު އެޗްޕީއޭއަށް ލިބެމުންދާ ކަމަށްވެސް އެ އެޖެންސީން ވަނީ ބުނެފައެވެ. އަދި އެއީ އެ އެޖެންސީން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަގުސަދު ހާސިލުނުކުރެވޭނެ ފަދަ އަމަލުތަކަށް ވުމުން އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް މިއަދު އިންސްޕެކްޝަންތައް ފެށުމަށް ހަމަޖެހިފައި ވާކަމަސް އެޗްޕީއޭއީން ބުނެއެވެ.

މި އިންސްޕެކްޝަން ކުރިއަށްގެންދާނީ އިމިގްރޭޝަނާއި، ފުލުހުންނާއި، ޓޫރިޒަމް މިނިސްޓްރީ އާއި، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އެލްޖީއޭއާ ގުޅިގެން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭގެ އުސޫލުތަކާއި ޚިލާފަށް ފަތުރުވެރިން ބައިތިއްބާ މައްސަލަތައް ފެންމަތިވެފައި ވާއިރު ފަތުރުވެރިންނަސް އޮޅުވާލައިގެން ފޭކް ބުކިން ހައްދައިގެން ފަތުރުވެރިން ރާއްޖެ އެތެރެކުރާ މައްސަލަތައްވެސް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަހަރު ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފަށަން މަސައްކަތް އެބަކުރަން: ފައިސަލް

ޝާފީ އަލީ ޗައިނާގެ އެކި ޕްރޮވިންސްތަކާއި އައްޑޫ ސިޓީއާ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ...

މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންގެ މަގާމްގައި ފާއިތުވި ތިންއަހަރު ހުރި އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާ އަތުން ކެޕްޓަން ބޭންޑް ...

ފޮޓޯއިން ޚަބަރު : އެރިކްސަން ހޭނެތިގެން ވެއްޓުން، ޑެންމާކާއި ފިންލެންޑް މެޗުގެ ތެރެއިން

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކާއި ފިންލެންޑު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ޑެންމާކުގެ ކުޅުންތެރިޔާ ކްރިސްޓަން އެރިކްސިން ...