ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުގެ މެޗްގައި ލެވާންޓޭއާއި ބައްދަލުކުރިމެޗް  3 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް ބާސެލޯނާ އިން ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެފިއެވެ. މިދެޓީމް މިމުބާރާތުގެ ފުރަތަމަ ލެގްގައި ލެވަންޓޭގެ ދަނޑުގައި ބައްދަލުކުރިމެޗު 2 ލަނޑު 1 ލަނޑު ލެވަންޓޭ ކާމިޔާބުކޮށްފައިވީނަމަވެސް ރޭގެމެޗް 3 ލަނޑު 0 ލަނޑުން ބާސެލޯނާ މޮޅުވުމުން އެޓީމު  ކުއާޓާއަށް ދަތުރުކުރީ 4-2  ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. 

މި މެޗުން މޮޅުވެ ބާސެލޯނާ ކުއާޓާގެ ފުރުސަތު ލުބުނު ނަމަވެސް މުބާރާތުން އެ ޓީމު ވަކިކުރުމުގެ ބިރު ވަނީ ހީވެފައެވެ.  އެއީ ބާސެލޯނާ ލެވަންޓޭ ދަނޑުގައި ކުޅުނު މެޗަށް ކާޑު ހަމަވެފައިވާ ކުޅުންތެރިއެއް ލައްވާ ބާސެލޯނާ އިން ކުޅުވުމުންނެވެ. ބާސެލޯނާ ބީ ޓީމަށް ކުޅެނިކޮށް ހުއާން ބްރަންޑަރިޒަށް ދެއްކި ރީނދޫ ކާޑާ އެކު އޭނާ ހުރީ ސަސްޕެންޝަނެއްގަ އެވެ. އެކަމަކު ބާސެލޯނާ އިން ވަނީ ލެވަންޓޭއާ ދެކޮޅަށް މިދިޔަ ހަފްތާގައި ކުޅުނުމެޗްގައި އޭނާ ބޭނުންކޮށްފަ އެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ބާސެލޯނާއިންނެވެ. މިގޮތުން ލެވަންޓޭގެ  ހާފުގެ ތެރޭގައި ގިނައިރު ބޯޅަ ގެންގުޅެ އެޓީމުގެ ގޯލަށް ބާސެލޯނާގެ ކުޅުންތެރީން ދިޔައީ  ބާރުބޮޑުކޮށް ހަމަލާތަކެއް ދެމުންނެވެ. 

އެގޮތުން 30 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެމްބަލޭއެވެ.  މި ލަނޑަށްފަހު މެޗް ފަށައިގެން 31 ވަނަ މިނިޓްގައި ބާސެލޯނާގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ.

މިމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި 3 ވަނަ ލަނޑު 54 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މެސީއެވެ.

މި ހާފްގައި ލެވަންޓޭ އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޮރޮކޯ ބަލިކޮށް ފްރާންސް ފައިނަލަށް

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މޮރޮކޯ ބަލިކޮށް ...

މީދޫޓީމް ބަލިކޮށް ޓީމް ވޮރިއާސް ފައިނަލަށް

ޓީމް ވޮރިއާސްއާއި ބައްދަލުކޮށް ބަލިވުމުގެ ސަބަބުން މީދޫ ޓީމް ސަދަން ސްޕޯޓްސް  ވޮލީބޯޅަ މުބާރާތުން ކަޓައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ...

އޮޑެގާޑާ ރަމްސްޑޭލް އާސެނަލަށް ސޮއިކޮށްފި

ނޯވޭއަށް ކުޅޭ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް އަދި ޝެފީލްޑް ޔުނައިޓެޑް އަށް ކުޅޭ ގޯލްކީޕަރު އާރޮން ...