ޗޭނު ޖަމްއިއްޔާގެ ބަދަހިކަޕް: ގުރުއަތުލުން ނަގައިފި

މީދޫ ޗޭނު ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އަންހެނުންގެ ނެޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ނަގައިފި އެވެ.

5 ޓީމަކުން ބައިވެރިވެފައިވާ މިމުބާާރާތުގެ މެޗްތައް ކުރިއަށް ގެންދާނެ ގޮތުގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެރޭ މީދޫ އިމާޝްގައެވެ.

ކޮންމެޓީމެއް ކޮންމެޓީމަކާ އެއްފަހަރު ބައްދަލުކޮށް ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލަށް ދާގޮތައް ކުޅުމަށް ހަމަޖައްސާފައިވާ މިމުބާރާތުގެ މެޗްތައް މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕޮލިސް ދަނޑުގައެވެ.

މިމަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ފުރަތަމަ ވާދަކުރާނީ ޓީމް އެމްކޭއާއި  އާއި ހުޅުދޫ އެޗްއެސްސީ އެވެ. އެރޭ ކުޅެވޭ  ދެވަނަ މެޗްގައި ވާދަކުރާނީ ، ވެމްކޯއާއި ހުޅުދޫ ޔޫތެވެ.

ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ދެވަނަ ޓީމަކަށް ފަސްހާސްރުފިޔާ ދޭގޮތައް ކުޅެވޭ މިމުބާރާތުގައި ބައިވެރިވި ފަސްޓީމަކީ ޓީމް އެމްކޭ ، އެޗްއެސްސީ ، ވެމްކޯ ، ހުޅުދޫ ޔޫތު އަދި ހުޅުމީދޫ ޕޮލިސްއެވެ.

2020 ވަނަ އަހަރު ބޭއްވުނު މިމުބާރާތުގައި ޓީމްތަކުގައި ކުޅުންތެރީން ހިމެނުނު އުސޫލާއި މިފަހަރުގެ މުބާރާތުގައި ޓީމްތަކުގައި ކުޅުންތެރީން ބައިވެރިވެވޭ އުސޫލު ޗޭނުންވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން މިމުބާރާތުން 2020 ވަނަ އަހަރު ފެނުނުފަދަ ރަށުން ބޭރުގެ ގިނަ ކުޅުންތެރީން ނުފެންނާނެއެވެ.

2020 ވަނަ އަހަރު ބޭއްވުނު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުޅުމީދޫ ޕޮލިސްޓީމެވެ. ހުޅުމީދޫ ޕޮލިސްޓީމު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ހުޅުދޫ ޔޫތާވާދަކޮށް މޮޅުވެގެންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދީނީ ޢިލްމުވެރިން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ނާއިބު ރައީސް ޝުކުރު އަދާކުރައްވައިފި

ކޯވިޑް-19 ގެ ތެރޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ ޢިލްމުވެރިން ކުރެއްވި މިންނެތް މަސައްކަތްތައް ...

މިއަދުން ފެށިގެން ވަކި ވަގުތުތަކެއްގައި އައްޑޫސިޓީގެ ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތް ދެވޭނެ- އައްޑޫސިޓީ ކައުންސިލް

އައްޑޫސިޓީގެ ކެފޭ ރެސްޓޯރެންޓްތައް  ވަކި ވަގުތުތަކުގައި ހުޅުވުމުގެ ހުއްދަ ދިނުމަށް އައްޑޫސިޓީ ކައުންސިލުން ނިންމަވައިފިއެވެ. މިކަން މިގޮތައް ނިންމެވިކަން ...

“މަގެ ދީނާ، މަގެ ޤައުމާ ނުކުޅެއްޗޭ” މިޝިއާރުގެ ދަށުން އައްޑޫސިޓީގައި ގައުމީ ހަރަކާތެއް ބާއްވަނީ

“މަގެ ދީނާ، މަގެ ޤައުމާ ނުކުޅެއްޗޭ” މިޝިއާރުގެ ދަށުން އައްޑޫސިޓީގައި ބާއްވާ ވަރަށް ޚާއްސަ ގައުމީ ހަކާތެއް މިއަދު ...