މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު

 

Advertisement

ޒަމާނުއްސުރެން ފަށައިގެން ރާއްޖޭގައި އިންސާފު ގާއިމްކޮށްދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވެފައި ވަނީ އައްޑޫސިޓީ މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެވެ.  

 އެމްޑީޕީ ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ރޮޒެއިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން މާލޭގައި ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް ކަމަށެވެ.

މިބައްދަލުވުމުގައި އިތުރަށްވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 1300 އަހަރުން ކުރިން، މީދޫ ބޮޑު ފަނޑިޔާރު މަނިކުފާނުއްސުރެ ފަށައިގެން ރާއްޖޭގެ ފަނޑިޔާރުގޭގައި ގިނައިން މަސައްކަތް ކުރައްވާފައިވަނީ މީދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ދައުރުގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ސައީދު ނަން ފާހަގަކުރައްވާ، އެ މަނިކުފާނު އުޅުއްވާ ހިތްދަތި ހާލާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަސްދަރު: ރާއްޖެ އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮޑެތި މީހުންގެ ގަމީހުން %20 ގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ” ޒެއިސް އެވެނިއު” ފިހާރައިން ފަށައިފި

ބޮޑެތި މީހުން އަދި ކުޑަކުދިންގެ އަންނައުނުގެ އިތުރަށް ރީތިވުމަށް ބޭނުންވާ ކޮސްމެޓިކްސްގެ ތަފާތު ގިނަ ބާވަތްތައް ލިބޭގޮތައް ދާދިފަހުން ...

ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށް، ބޯޑަރު ބަންދުކުރަން ނިންމައިފި

އެއްވެސް ގައުމެއްގެ އެއްވެސް މީހަކަށް ނާދެވޭ ގޮތަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މިގޮތައް ނިންމެވިކަން ...

މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނަން- ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް އެމަނިކުފާނުގެ މައްޗަށް ނަގާނެކަމަށް އިދިކޮޅު ...