އައްޑޫގެ ޓޫރިޒަމް ޕްރޮޖެކްޓަށް އިތުރު 11.4 މިލިއަން ރުފިޔާ އިންޑިއާ އިން ދީފި

advertisement

އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިކޯ ޓްއަރިޒަމް “ހައި އިމްޕެކްޓް ކޮމިއުނިޓީ ޑީވެލޮޕްމަންޓް ޕްރޮޖެކްޓްސް”ގެ ދަށުން ހިންގާ ފަސް މަޝްރޫޢަކަށް ބޭނުންވާ ފައިސާގެ ތިންވަނަ އިންސްޓޯލްމަންޓްގެ ގޮތުގައި 11.4 މިލިއަން ރުފިގާ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ދެ އިންސްޓްޓޯލްމަންޓެއް މީގެކުރިން ވަނީ ހަވާލުކުރެވިފައެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހާއި މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ ދެފަހަރުވެސް 11.4 މިލިއަން ރުފިޔާ ދޫކުރިއެވެ.

އިންޑިއާ ދިވެހިރާއްޖެއާ ދެމެދު ފެބްރުއަރީ 2020ގައި ވަނީ އިކޯ ޓޫރިޒަމް ފަސް މަޝްރޫއަކަށް އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން އެ އެހީގެ އެއްބަސްވުމުގެ ދަށުން މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ފޭދޫ، މީދޫ، ހިތަދޫ، ހުޅުދޫ އަދި މަރަދޫގައިއެވެ. އެގޮތުން ގާތްގަޑަކަށް 2.49 މިލިއަން އެމެރިކާ ޑޮލަރާ (38 މިލިއަން ދިވެހި ރުފިޔާ) ވަނީ ގްރާންޓްގެ ގޮތުގައި ހަމަޖައްސާދީފައިވެއެވެ. އެ މަޝްރޫއުތަކުގެ ސަބަބުން އައްޑޫގައި ވަޒީފާގެ ފުރުސަތުތަށް މަގުފަހިވެ، އިކޯ ޓޫރިޒަމްގެ ފުރުސަތު ފުޅާވެގެންދާނެއެވެ.

މީގެ އިތުރުންވެސް އެ ސްކީމްގެ ދަށުން މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި، މަރަދޫ، ހިތަދޫ، ހުޅުދޫ އަދި ކެނދިކުޅުދޫގައި ހަތަރު ފިޝް ޕްރޮސެސިން ޕްލާންޓާއި ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓަކާއި އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް ގާއިމްކުރުމާއި އަދި ހަނިމާދޫގައި ގާއިމްކުރެވިފައިވާ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރުގައި ސޮއިލް ޓެސްޓިން ލެބްއެއް ގާއިމް ކުރެވިގެން ދާނެއެވެ.

ހަމަ އެއާއިއެކު އިތުރު އަށް ޕްރޮޖެކްޓަކަށް ގްރާންޓްގެ ގޮތުގައި 70 މިލިއަން ދިވެހި ރުފިޔާ ހަމަޖައްސައި ދެއްވުމަށްޓަކައި އޮކްޓޫބަރ 2021 ވަނީ އެމްއޯޔޫގައި ވަނީ ސޮއިކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ތަޢުލީމީ ދާއިރާ އެހެން ހަރުފަތަކަށް ގެންނަންޖެހޭ”

އައްޑޫސިޓީގެ ތަޢުލީމީ ދާއިރާ އެހެން ހަރުފަތަކަށް ގެންނަންޖެހޭ ކަމަށް މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވެއްޖެއެވެ. މޭޔަރ މިހެން ވިދާޅުވީ ...

ޔޫރޯ 2020: ހަންގޭރީއާއި އާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަންގޭރީއާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެވެ. ހަންގޭރީގެ ޕުސްކަސް އެރީނާގައި ...

މިއަދު މީދޫގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ތިރީގައި ދަންނަވާފައި އެވަނީއެވެ # މަސްޖިދުލް ...