ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް މީދޫއަށް ޒިޔާރަތް ކުރައްވައިފި

Advertisement

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް މީދޫއަށް  ޒިޔާރަތްކޮށް މީދޫގައި ހުރި ކުޅިވަރު ކުޅޭ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

މިނިސްޓަރ މިމަހުގެ 15 ވަނަ ދުވަހު މީދޫއަށް ކުރެއްވި  ދަތުރު ފުޅުގައި މީދޫގައި ސްޕޯޓްސް އެރީނާ ހެދުމަށް ސިޓީ ކައުންސިލުން މީދޫ ބަނދަރު ސަރަހައްދުން އަލަށް ދީފައިވާ ބިން ބައްލަވާ ލެއްވުމަށްފަހު މީދޫ ފުޓްބޯޅަ ދަނޑަށާ މީދޫ އިޖްތިމާއީ މަރުކަޒަށްވެސް ޒިޔާރަތްކޮށްފައިވެއެވެ.

މަހުލޫފު ސްޕޯޓްސް އެރީނާ ހަދާ ސަރަހައްދު ބައްލަވަނީ

އަދި މީގެ އިތުރަށް މީދޫގެ ޒުވާނުންނާއި މިނިސްޓަރ މަހުލޫފްވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުން ބޭއްވުނީ މީދޫ އިޖްތިމާއީ މަރުކަޒުގައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ ރަށްރަށުގައި ކުޅިވަރުގެ ޙަރަކާތްތައް ކުރިއެރުވުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރިކަމަށާ، އެކަންކަން ހައްލު ކުރުމަށް މިނިސްޓްރީން ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ.  އަދި  ކުޅިވަރުގެ ދާއިރާއިން ކުރިމަތި ވެފައިވާ ދަތިތައް އޮޅުން ފިލުއްވާ، އެކަންކަން ހައްލު ކުރުމަށް ސަރުކާރުގެ ލެވަލްގައި މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް މަހުލޫފުވަނީ ދެއްވާފައެވެ.

މަހުލޫފު މީދޫ އިޖްތިމާއީ މަރުކަޒަށްވެސް ޒިޔާރަތް ކުރެއްވި

މަހުލޫފް އިއްޔެ މީދުއަށް ކުރެއްވި ދަތުރުފުޅުގައި ރަށްޔިތުންގެ މަޖިލިހުގެ މީދޫދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ވާހަކަފުޅު ދައްކަވަމުން މަހުލޫފްގެ ފަރާތުން އެދިވަޑައިގެންނެވީ މީދޫ އިޖްތިމާއީމަރުކަޒު މަރާމާތުކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ފައިސާއިން ވީހާވެސް އަވަހަކަށް ސޯޝަލް ސެންޓަރު މަރާމާތުކޮށްދެއްވުމުގެ މަސައްކަތް ފައްޓަައިދެއްވުމަށެވެ.

ތިރީގައިއެވަނީ މަހުލޫފް މީދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެގިފައިވާ ބައެއް ފޮޓޯތައް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން އަށް ފިޔަވަޅު އަޅައިފި

އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ އިސް ވެރިއަކަށް ހުންނެވި ...

އައްްޑޫގައި ހަތިޔާރާއެކު ސިފައިންގެ ފަސް މަހުގެ ތަމްރީނެއް ފަށައިފި

ތަމްރީނުތަކެއް ހެދުމަށް ފަސް މަސް ދުވަހަށް އައްޑޫގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ...

ގައުމު ސްޓްރީޓް ކަޕް : މަންތަރަ އާއި ހަބޭސްގެ ކުރިމަތިލުމުން ހަބޭސް ކުރި ހޯދައިފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ޑީގައި ހިމެނޭ ޓީމްތަކުގެ ...