އައްޑޫސިޓީން އިތުރު 125 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

އައްޑޫސިޓީން އިތުރު 125 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ

އައްޑޫން އިތުރު 125 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ހޯމަ ދުވަހުގެ ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ 125 މީހުންގެ ތެރެއިން 67 މީހަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. 11 މީހަކު މީދޫން ފައްސިވެފައިވާއިރު، ހުޅުދޫން 6 މީހަކު  ، ފޭދުން 23 މީހުން މަރަދޫފޭދުން 5 އަދި މަރަދޫން ފައްސިވެފައިވަނީ  25 މީހެކެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެން ތަންތަނުން ފައްސިވެފައިވަނީ 1 އެންމެ މީހެކެވެ.

އައްޑޫން މިހާތަނަށް 4130 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 3308 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބަލި ޖެހިފައި ތިބި 807 މީހަކު އައްޑޫ ސިޓީގައި އެބަ ތިއްބެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިވަގުތު މި ބަލި ޖެހިފައި ތިބި 343 މީހަކު ތިބިއިރު، މީދޫގައި  144 ، ފޭދޫގައި 160 ،  މަރަދޫފޭދޫގައި 28 ، ހުޅުދޫގައި 61 އަދި މަރަދޫގައި 42 މީހަކު އެބަ ތިއްބެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެންތަންތަނުން ފައްސިވެފައިވާ 23 މީހުން އެބަތިއްބެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 3 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އައްޑޫސިޓީން 15 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެ ސާމްޕަލް ނެގުމުގައި ދަތިތަކާ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއެކު ގޭގެއަށްގޮސް ސާމްޕަލް ނެގުން އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން މިހާރު ވަނީ ހުއްޓާލާފައެވެ.

އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން  ހާމަކޮށްފައިވާގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނެގުން ހުއްޓާލުމަށްފަހު މިހާރު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލުން ކަނޑައަޅާފައިވާތަންތަނަށް ގޮސްގެންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުމުންދޫ ކައުންސިލްގެ ރައީސްގެ މުސާރައިން 20 ޕަސެންޓް ކޮވިޑް ޓާސްކް ފޯސްއަށް

ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދުގެ އޭނާގެ މިމަހުގެ މުސާރައިން 20 ޕަސެންޓް އެރަށު ކޮވިޑް-19 ޓާސްކް ...

ކޮވިޑް-19 ދުވާލެއްގެ މައްޗަށް 150 އަށްވުރެ ގިނަ ޓެސްޓް އައްޑޫއިން މިހާރު ހެދޭނެ : ޝަރަފުއްސާދާތު

އައްޑޫގައި ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް 150 އަށް ވުރެ ގިނަ ޓެސްޓު މިހާރު ހެދޭނެ ކަމަށް އައްޑޫ ...

ފުރަތަމަ ލުއި ދެވޭނީ ގެއިން ނުކުމެ އުޅުމަށް – ރައީސް

މާލެ ސަރަޙައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ...