ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއެއް އެޅުމަކީ ކުންފުނީގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ގެއްލުން ބޮޑު އެއް އިންވެސްޓްމަންޓް

Advertisement

ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއެއް އެޅުމަކީ ކުންފުނީގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ގެއްލުން ބޮޑު އެއް އިންވެސްޓްމަންޓް ކަމަށް އެ ކުންފުނީގެ އާ އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެވެ.

” އައްޑު އަތޮޅު ހުޅުމީދޫގައި އަޅާފައިވާ “އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް” އަކީ މިފްކޯގެ ތާރީހުގައި އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުނު އިންވެސްޓްމަންޓެއް.

މިހާރު ވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 80 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރޭ . އެތަނަށް މަހަކު ހަތް ލައްކަ ޚަރަދު ކުރަންޖެހޭ . އެކަމަކު އަދިވެސް އެތަން އޮޕަރޭޝަނަކަށް ނުގެނެވޭ .މިއީ ގެއްލުމެއް. ރަނގަޅު ނޫން ގޮތް ގޮތަށް ކޮށްފައިވާ އިންވެސްޓްމަންޓަކަށް ވުމުން މި ގެއްލުންވީ.” އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއާއި ހަވާލާދީ އަވަސް އޮންލައިންގައި ހާމަކޮށްފައިވެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ޑިޒައިން ކުރީ ހިތަދޫ ޕޯޓް ކައިރީގައި މިފްކޯއަށް ލިބިފައިވާ ބިމެއްގައި އަޅަންކަމަށާ  ނަމަވެސް ފަހުން ނިންމީ ވަކިން އޮތް ހުޅުމީދޫގައި އަޅަންކަމަށް އިސްމާއީލް ފައިޒް ވިދާޅުވިއެވެ. . ” މިކަން އެ ކުރީ ސިޔާސީ ނުފޫޒުން،” އިސްމާއީލް ފައުޒީއާއި ހަވާލާދީ އަވަސް އޮންލައިނުން ހާމަކޮށްފައިވެއެވެ.

އިސްމާއީލް ފައުޒީއާއި ހަވާލާދީ އަވަސް އޮންލައިނުގައި އިތުރަށް  ހާމަކޮށްފައިވާގޮތުގައި  ވަކިން އޮންނަ ހުޅުމީދޫގައި “އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް”  އެޅުމަކީ މުޅި އައްޑޫއަށް ބެލިނަމަވެސް މި މަޝްރޫއުގެ ފައިދާ ބެހިގެން ނުދިޔަ މައިގަނޑު އެއް ސަބަބު ކަމަށެވެ.

“މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫން. ނަމަވެސް ހިތަދޫގައި އެޅިނަމަ މުޅި އައްޑޫއަށް ފައިދާ ކުރީސް. މުވައްޒަފުން ހޯދަން ވެސް ފަސޭހަވީސް. ގުޅިފައިވާ އެތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮވޭ. އެހެންވީމަ ބޭރަށް ފޮނުވަން ވެސް ފަސޭހަވީސް،” އިސްމާއިލް ފައިޒްއާއި ހަވާލާދީ އަވަސް އޮންލައިނުން ގެނެސްދީފައިވާ ޚަބަރެއްގައި ހާމަކޮށްފައިވެއެވެ.

ހުޅުމީދޫގައި ގާއިމްކޮށްފައިވާ “އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް” އަކީ 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާއެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑު ކުރެވޭގޮތައް ގާއިމްކޮށްފައިވާ ތަނެކެވެ.  މީގެ އިތުރުން އެތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ ކަމަށް ވެސް ކުރިން މިފްކޯއިން ބުނެފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވެކްސިން ނުޖަހާ މީހުން ކަރަންޓީން ނިމުމުން ޓެސްޓު ކުރަން ފައިސާ ދައްކަން ޖެހޭގޮތް ހަދަނީ

ކޯވިޑް-19 ވެކްސިން ނުޖަހާ މީހުން ދަތުރު ކުރުމަށް ފަހު ކަރަންޓީން ނިމުމުން ނަގާ ރިލީޒް ސާމްޕަލް ނަގަން ފައިސާ ...

ޕީޕީއެމްގެ ކެނޑިޑޭޓަށް ނުވަތަ މިނިވަން ކެނޑިޑޭޓަކަށް ވޯޓްދީ ހޮވައިގެން އެމީހުންނަށް ކޮށްދެވޭނެ އެއްވެސްކަމެއް ނޯންނާނެ- ހިޔާޒު

ޕީޕީއެމްގެ ކެނޑިޑޭޓަކު ނުވަތަ މިނިވަން ކެނޑިޑޭޓަކަށް ވޯޓްދީ ހޮވައިގެން އެމީހުން އަޅުގަޑުމެންނަށް ކޮށްދޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް މީދޫ ...

ކޮވިޑް-19 އާއި ގުޅިގެން ޕާކްތަކާއި ފިނިމައިޒާންތައް ވަގުތީގޮތުން ބަންދުކުރަނީ

ކޮވިޑް-19 ރޯގާއާއި ގުޅިގެން ރާއްޖޭގެ މީހުން އުޅޭ ބައެއް ރަށްރަށުގައި  ހަދާފައިހުރި ޕާކްތަކާއި ފިނި މައިޒާންތަްް ވަގުތީ ގޮތުން ...