އެމްއެމްޕީއާރްސީއަށް ދީފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ރުފިޔާ ލިބިފައިނުވޭ – ޝާހިދު

Advertisement

އެމްއެމްޕީއާރްސީއަށް ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލްއިން  100 މިލިއަނަށް ވުރެ ގިނަރުފިޔާ ދީފައިވާ ކަމަށާއި، އެފައިސާ އެމްޕީއެލްއަށް ލިބިފައި ނުވާތީ އެފައިސާ ހޯދުމަށް އެމްޕީއެލްއިން  މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ”ފަލަ ސުރުހީ“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުރިން އެސްޓީގެ އެމްޑީކަންވެސް ކުރައްވާފައިވާ ޝާހިދު  ވިދާޅުވީ އެމްއެމްޕީއާރްސީއަށް ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލްއިން އެޑްވާންސްކޮށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަން ކުންފުނީގެ ލިޔެކިއުންތަކުން އެނގެން ހުރިކަމަށާއި، އެހެންނަމަވެސް މިހާތަނަށް އެ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ލިބިފައިނުވާ ކަމަށެވެ.

ޝާޑު ވިދާޅުވީ އެފައިސާ ކުންފުންޏަށް ހޯދުމަށް ކޯޓު މަރުހަލާއިން ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލަތަކަކީ މިހާރު އޭސީސީ އާއި ކަމާއި ބެހޭ ފަރާތްތަކުން ތަހްގީގު ކުރަމުން އަންނަކަމަކަށް ވާތީ އެފައިސާ ހޯދުމަށް ކުންފުނިން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގައި މަސައްކަތް ކުރަމުން އަންނަ ބަގްލާދޭޝް މީހަކު މިރޭ ކުއްލި ގޮތަކަށް މަރުވެއްޖެ

މީދޫގައި މަސައްކަތް ކުރަމުން އަންނަ ބަގްލާދޭޝް މީހަކު މިރޭ ކުއްލި ގޮތަކަށް މަރުވެއްޖެ ތަފްސީލް އަންނަނީ

ޖާބިރުގެ ޔޮޓެއް ފަރަށް އަރައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް މަރާމާތަށްފަހު މޫދަށް ބާލައިގެން ދުއްވަނިކޮށް ފަރަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ...

ކަރީނާގެ ދަރިފުޅު ނަލަ ހައްދައިގެން ބޭރަށް ނުނެރެނީ ކީއްވެ؟

ކަރީނާ ކަފޫރާއި ސައިފް އަލީ ހާންގެ އެއް އަހަރުގެ ފިރިހެން ދަރިފުޅު ތައިމޫރު އަލީ ހާން އަކީ ކިތަންމެ ...