ޕީޕީއެމްގެ ކެނޑިޑޭޓަށް ނުވަތަ މިނިވަން ކެނޑިޑޭޓަކަށް ވޯޓްދީ ހޮވައިގެން އެމީހުންނަށް ކޮށްދެވޭނެ އެއްވެސްކަމެއް ނޯންނާނެ- ހިޔާޒު

advertisement

ޕީޕީއެމްގެ ކެނޑިޑޭޓަކު ނުވަތަ މިނިވަން ކެނޑިޑޭޓަކަށް ވޯޓްދީ ހޮވައިގެން އެމީހުން އަޅުގަޑުމެންނަށް ކޮށްދޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް މީދޫ ދާއިރާގެ ކައުންސިލު ހިޔާޒު ވިދާޅުވެއްޖެވެ.

ހިޔާޒު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މީދޫދާއިރާއިން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް ޝޫޒާގެ ކެމްޕެއިން ޓީމުގެ ފަރާތުން މިއަދު ހަވީރު ކާޑުގޭ ޕާކްގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ހިޔާޒު ވިދާޅުވީ އައްޑު އަތޮޅަށް ވޭތުވެގެންދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ނުވެހުރި ވަރަށްގިނަ ކަންތައްތައް މިހާރު ވަނީ ފެށިފައިކަމަށާ އެހެންކަމުން މިހާރުގެ ސަރުކާރަށް ތާއިދުކޮށް ސަރުކާރުގެ ކެނޑިޑޭޓުން ހޮވަންޖެހޭކަމަށެވެ.

” މިރަށުގެ ބަނދަރުގެ މަސައްކަތް  އަމަލީގޮތުން ފެށިގެން ކުރިއަށްދާއިރު  މިދެރަށުގެ  ބޮޑުމަގު ރަގަޅު ފެންވަރަކަށް ހެދެމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ ، އަދި މިމަހުގެ ތެރޭގައި ބޮޑުމަގުގައިތާރުއަޅަން ފެށޭނެ ، ބޮޑުމަގުގެ މަސައްކަތް ނިމުމުން ރަށުތެރޭގެ ބައެއް މަގުތައް ތާރުއަޅައިގެން ހެދުމަށްޓަކައި ކުންޖެހޭ މަސައްކަތައްތައް ބެލުމަށް އިންޑިޔާގެ ޓީމެއް މިހާރުވެސް މިދެރަށުގައި މަސައްކަތްކުރަމުންއެބެދޭ ،  މީގެ އިތުރަށް މަރަދޫފޭދޫ ބަނދަރު އެދަނީ ހަދަނމުން ، މަރަދޫ ބަނދަރު ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ، އަދި ހުޅުމީދޫގެ މެދު ބަނދަރަށް ބޮޑެތި ބޯޓްފަހަރަށް ކައިރި ކުރެވޭގޮތައް އެބަނދަރުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ” ހިޔާޒު ވިދާޅުވިއެވެ.

މިވޭތުވެގެންދިޔަ 12 އަހަރު ދުވަހުގެތެރޭގައި އައްޑުއަތޮޅަށް އޮތީ އިހުމާލުވެފައިކަމަށާ އެހެން ނަމަވެސް މިސަރުކާރު އައިސް އައްޑޫގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތައް ކުރަންފެށުމާއެކު ސަރުކާރަށް ނޫނެކޭ ބުނަން ވެއްޖެނަމަ އެއީ ވަރަށް ލަދުވެތިވާންޖެހޭ ކަމެއްކަމަށްވެސް ހިޔާޒު ވިދާޅުވިއެވެ.

” އަޅުގަޑު އިދިކޮޅުފަރާތްތަކަށްވެސް މިގޮވާލަނީ އަޅުގަޑުމެންގެ މިހާރަކާތްތަކުގައި ބައިވެރިވެ ސަރުކާރަށް އެއްބާރުލުން ދިނުމަށް ، ” ހިޔާޒު ވިދާޅުވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝީން އިން ރާއްޖެއަށް ފްރީ ޝިޕިންގ ކުރުން ހުއްޓާލައިފި !

ގިނަ އަދަދެއްގެ ދިވެހިން ވިޔަފާރިކުރާ އޮންލައިން ބްރޭންޑެއް ކަމަށްވާ ޝީން އިން ރާއްޖެއަށް ފްރީ ޝިޕިންގ ކުރުން ހުއްޓާލައިފި ...

“ފެނަކަ އައިސް” ގެ ނަމުގައި ފަސޭހަކަމާއެކު އައިސް ހޯދަން މަގުފަހިވާނެ އެޕެއް ފެނަކައިން ތައާރަފްކޮށްފި

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އެޕްލިކޭޝަން “ފެނަކަ އައިސް” ލޯންޗްކޮށްފިއެވެ. މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ ...

މީދޫ ޓާފް ދަނޑުގެ މަސައްކަތް ހަވާލްކޮށްފައިވަނީ ބަޖެޓަށްވުރެ ބޮޑުކޮށް ހުށަހެޅިފަރާތަކާ- ޔޫތު މިނިސްޓްރީ

މީދޫ ޓާފް ދަނޑު ތައްޔާރުކުރަން ބަޔަކާ ހަވާލްކޮށްފައިވަނީ އެމަސައްކަތައް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުކޮށްކަމަށް ޔޫތު މިނިސްޓްރީން ހާމަކޮށްފިއެވެ. ޔޫތު ...