ކޮވިޑް-19 ރޯގާއާއި ގުޅިގެން ރާއްޖޭގެ މީހުން އުޅޭ ބައެއް ރަށްރަށުގައި  ހަދާފައިހުރި ޕާކްތަކާއި ފިނި މައިޒާންތަްް ވަގުތީ ގޮތުން ބަންދުކުރަންފައިފިއެވެ.

މިކަން ހާމަކޮށް ބައެއް ރަށްރަށުގެ  ކައުންސިލުން ނެރެމުންދާ އިއުލާނުތަކުގައި ބުނެފައިވަނީ ވައިރަސްއާ ގުޅިގެން އެރަށްރަށުގައި  އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން ޕާކް ތަކާއި ފިނިމައިޒާންތައް ވަގުތީގޮތުން ބަންދުކުރެވިފައިވާކަމާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވިފައިވާ މި ދަނޑިވަޅުގައި އާންމު ސަރަހައްދު ތައް ކަމުގައިވާ މޫދަށް އެރޭ ސަރަހައްދުތަކަށް ދަތުރު ދިއުމާއިި ކުޅިވަރު ކުޅޭ ސަރަހައްދު ފަދަ ތަންތަނަށް އެއްވެ ނޫޅުމަށް ނަސޭހަތް ތެރިވާކަމުގަ އެވެ.

އަދި މީގެ އިތުރަށް ބައެއް ރަށްރަށުގެ ކައުންސިލުންވަނީ ގިނަ މީހުން އެއްވެ އުޅޭ ސަރަހަށްދު ތަކަށް އެއްވެ ނޫޅުމަށް  ނަސޭހަތްތެރި ވެފަ އެވެ. އަދި ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުތަކަށް ނުދިއުމަށްވެސް ބައެއް ރަށްރަށުގެ ކައުންސިލްތަކުންވަނ|ީ އެދިފަ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 9 މީހަކު ޕޮޒިޓިވް ވެފައިވާ އިރު ގިނަ ރަށް ރަށުގެ ޕާކުތަކާއި މީހުން އެއްވެ އުޅޭ ސަރަހައްދުތައް ވެސް ދަނީ ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19: މާސްކް އަޅާ – ރައްކާވެ ތިބިއްޔާ ދަތުރު!

ރައްކާވެ ތިބިއްޔާ ދަތުރެވެ. މިއީ ޒަމާނުއްސުރެ އަހަރެމެން އަޑުއަހާ، އެއަށް އަމަލު ކުރަމުންދާ ހަރުބަހެއްކަމީ ދެބަސްވެވެންނެތް ހަގީގަތެކެވެ. މާނައަކީ ...

ހިތަދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީއާއި ހަވާލްކޮށްފި

އައްޑޫ ސިޓީ ހިތަދޫ ކުރީގެ ބަނދަރު ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ. ...

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ – ސައީދު

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ...