ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ޓަފްސިކް ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

Advertisement

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ޓަފްސިކް ކުޅުނު ދެވަނަމެޗްވެސް ކާމިޔާބުކޮށްފިއެވެ.

އައްޑޫސިޓީ ފޭދޫގެ ކުރީގެ ކައުންސިލަރު އަހުމަދު މިރުޒާއާއި ފޭދޫގެ މަޝްހޫރު އަންހެން ފުޓްބޯޅަ ކުޅުންތެރީޔާ އަލްމާ އަލީ ޝަރަފްވެރިކޮށްދެއްވި ރޭ ކުޅެވުނު މިމެޗް ޓަފްސިކް ކާމިޔާބުކުރީ  ޓީމް އެވަގްރީންއާއި ބައްދަލުކޮށް 3 ސެޓު 2 ސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ސެޓް 25 – 21 އިން ހޯދީ ޓަފްސިކްއެވެ. އެހެންމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓް ހޯދީ އެވްގްރީންއެވެ. 2 ސެޓް އެވްގްރީން ހޯދީ  25-22 އިންނެވެ. އަދި ތިންވަނަ ސެޓް އެޓީމު ހޯދީ 25-15 އިންނެވެ.

އެވަގްރީން ދެސެޓް ހޯދާފައިވަނިކޮށް މިމެޗްގެ 4 ވަނަ ސެޓާއި 5 ވަނަ ސެޓް ކާމިޔާބުކޮށް މިމެޗް ކާމިޔާބުކުރީ ޓްފްސިކްއެވެ. ޓަފްސިކް މިމެޗްގެ 4 ވަނަ ސެޓް ހޯދީ 25-17 އިންނެވެ. އަދި 5 ވަނަ ސެޓެ އެޓީމު ހޯދީ 15-12 އިންނެވެ.

މިމެޗްގެ ކްއީން އޮފްދަ މެޗަކަށް އާމިނަތު ތީބާ  ހޮވިފައިވާއިރު    މިމެޗްގެ މޭންއޮފްދަމެޗަކަށް ހޮވިފައިވަނީ ޓީމް ޓަފްސިކްގެ އިސްމާއީލް ސާރިމްއެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިރުޝާދިއްޔާ ބަލިކޮށް ޝަރަފުއްދީން ފައިނަލަށް

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރު ފުރާގެ ފައިނަލަށް  ޝަރަފުއްދީން ސްކޫލް ...

ކޮޕާޑެލްރޭގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ހޯދައިފި

އޮސަސޫނާ ބަލިކޮށް ކޮޕާޑެލްރޭގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ހޯދައިފި އެވެ. ރޭ ކުޅެވުނު ފައިނަލް ...

ޖަޕާނުން ސްޕެއިން ބަލިކުރިއިރު ޖަރުމަނު މުބާރާތުން ކަޓައިފި

ފީފާ ވޯލްޑް ކަޕުގައި ޖަޕާނުން ފުޓްބޯޅައިގެ ގަދަބާރު ސްޕެއިން ބަލިކުރިއިރު ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު ޖެހިޖެހިގެން ދެ ...