ލެވަންޑޮސްކީގެ ޕެނަލްޓީ ނާކާމިޔާބުވެ ޕޮލެންޑާއި މެކްސިކޯ އެއްވަރުވެއްޖެ

ގަތަރު ވޯލްޑް ކަޕް މުބާރާތުގައި މެކްސިކޯ އާއި ޕޮލަންޑް ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ޕޮލެންޑުގެ ކެޕްޓަން ލެވަންޑޮސްކީގެ ޕެނަލްޓީ ނާކާމިޔާބުވެއްޖެ އެވެ.

ގްރޫޕް ސީގެ ދެވަނަ މެޗުގައި ޕޮލެންޑާއި މެކްސިކޯ އެއްވަރުވުމާއެކު ގްރޫޕް މިވަނީ އިތުރަށް ފޯރިގަދަވެފަ އެވެ. މިއަދު ސައުދީ އަތުން އާޖެންޓީނާ ބަލިވި ނަމަވެސް އެޓީމަށް ކުރިމަތިވި ޕްރެޝަރަށް ލުޔެއް އަންނާނެ އެވެ.

ސައުދީން ދެވަނަ މެޗުގައި ޕޮލެންޑާ ދެކޮޅަށް ނުކުންނަން ޖެހޭއިރު އާޖެންޓީނާ ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗުތައް ހުރިހާ ޓީމުތަކަކަށް ވެސް ވަރަށް މުހިންމު މެޗުތަކަކަށްވާނެ އެވެ.

ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރިއިރު މެޗަށް ބަލާއިރު ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު ދެޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ.

މިމެޗްގެ ދެ ވަނަ ހާފަށް ޕޮލެންޑް ނުކުތީ ބަދަލަކާ އެކުގަ އެވެ. މިޑްފިލްޑް ލައިނަށް ގެނައި ބަދަލާ އެކު އެ ޓީމުން ކުރިއަށް ޖެހި ލިބުނު ހިލޭ ޖެހުންތަކާ ކޯނަރުތަކުގައި ނުރައްކާކުރި އެވެ.

މިގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޕޮލެންޑަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ކެޕްޓަން ލެވަންޑޮސްކީ ފޮނުވާލި ޕެނަލްޓީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މެކްސިކޯގެ ކީޕަރު އޮޗޯއާ ވަނީ ދިފާއުކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިވެހީން ސަޕޯޓްކުރާ ލިސްޓުގެ އެންމެކުރީގައި އުޅޭ އެންމެ މަގުބޫލް އެއްޓީމަކީ އިޓަލީ

ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ވޯލްޑްކަޕަށްފަހު ބޭއްވޭ އެންމެ ފުޓްބޯޅަ މުބާރާތެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތާއި ވޯލްޑްކަޕަކީވެސް ދިވެހީން ވަރަށް ...

ދިރާގާއި މީޑިއާނެޓުން ވޯލްޑްކަޕް ދައްކާނެ

ރަޝިއާގައި މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ...

ޓީމް ލިޓަސް ޓީމް ގަރާޖު އަތުނެވެސް ބަލިވެއްޖެ

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ލިޓަސްއާއި ޓީމް ގަރާޖް ބައްދަލުކުރިމެޗުންވެސް ޓީމް ލިޓަސް ބަލިވެއްޖެވެ. ވާދަވެރި ކުޅުމެއް ...