މޮރޮކޯ ބަލިކޮށް ވޯލްޑް ކަޕުގެ ތިންވަނަ މަގާމު ކްރޮއޭޝިއާ ހޯދައިފި

ފީފާ ވޯލްޑްކަޕްގައި މިރޭ ކުޅުނު ތިންވަނަ ހޮވާ މެޗްގައި މޮރޮކޯ ބަލިކޮށް ވޯލްޑް ކަޕުގެ ތިންވަނަ ކްރޮއޭޝިއާއިން ހޯދައިފިއެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތްވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އިވާން ޕެރިސިޗްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަސްކޯ ޔިވާޑިއޯއެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން މޮރޮކޯއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އަޝްރަފް ދާރީއެވެ. މި ލަނޑަށްފަހު ކްރޮއޭޝިއާއިން ވަނީ އެ ޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ކެޕްޓަން ލޫކާ މޮޑްރިޗް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ މޮރޮކޯގެ ކީޕަރު ޔަސިން ބޯނޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި މި ލަނޑު ކްރޮއޭޝިއާއަށް ޖަހާދިނީ މިސްލާވް އޯސިކްއެވެ،

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ތިންވަނަ ހޮވާ މެޗުން ބަލިވެ މި މުބާރާތް ނިންމާލަން ޖެހުނުނަމަވެސް، މޮރޮކޯއިން ދަނޑުން ފޭބީ ހިތްހަމަޖެހުމާއެކުއެވެ. އެއީ މިއީ މިހާތަނަށް އެފްރިކާގެ ގައުމަކުން ވޯލްޑްކަޕްގައި އެންމެ ދުރަށް ދަތުރު ކުރި ފަހަރުކަމަށްވުމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލީގު ކަޕް: އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ...

ލޮތަރި އެފްސީ ޗެމްޕިއަންކަން ހޯދައިފި

މީދޫގައި މިހާތަނަށް ބޭއްވުނު  އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ” ގައުމު ސްޓްރީޓް ކަޕް ” ގެ ...

މިސްޓަ މޯލްޑިވްސްގެ މަގާމު ޖެހިޖެހިގެން ދެވަނަ އަހަރު ޔާމީންހޯދައިފި

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މިސްޓަރ މޯލްޑިވްސް 2022 ގެ ޝަރަފް ޖެހިޖެހިގެން ...