ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ގަދަފަދަ ލިޓަސް އަލްފައިންގެ އަތްދަށަށް

ޖޯލިއަންސް މިކްސް  ވޮލީބޯޅަ މުބާރާތުގެ ނަމުގައި މިހާރު ފޭދޫގައި ކުރިއަށްދާ ވޮލީ މުބާރާތުގައި  އެންމެ ވަރުގަދަ އެއްޓީމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޓީމް ލިޓަސް ، ޓީމް އަލްފައިންއާއި ބައްދަލުކޮށް ރޭ ކުޅުނު މެޗުން  3 ސެޓު 2 ސެޓުން ބަލިވެއްޖެވެ.

މިމުބާރާތުގައި މީގެ ކުރީން ކުޅުނު ދެމެޗުން މޮޅުވެފައިވާ ޓީމް ލިޓަސްއާއި ޓީމް އަލްފައިން ބައްދަލުކޮށް ރޭ ކުޅެވުނު މެޗްގެ ފުރަތަމަ ސެޓް އަލްފައިން ހޯދީ 25-14 އިންނެވެ. އެހެން ނަމަވެސް 2 ވަނަ ސެޓާއި 3 ވަނަސެޓް ޓީމް ލިޓަސް ވަނީ ހޯދާފައެވެ. މިގޮތުން 2 ވަނަ ސެޓް ލިޓަސް ހޯދީ 25-22 އިންނެވެ. އަދި 3 ވަނަ ސެޓް ލިޓަސް ހޯދާފައިވަނީ 25-17 އިންނެވެ.

މިމެޗުގެ 4 ވަނަ ސެޓް 25-12 އަދި މިމެޗްގެ   5 ވަނަ ސެޓްވެސް 15 -11 އިން ހޯދީ ޓީމް އަލްފައިނެއެވެ.

ރޭގެ މެޗުން މޮޅުވި ޓީމް އަލްފައިން މިމުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗްގައި ޓީމް ޓަފްސިކްއާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުންވަނީ ބަލިވެފައެވެ.

ރޭ ކުޅެވުނުމި މެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވުނު ފާތުމަތު ނުސްރާއަށް ކްއީން އޮފްދަމެޗްގެ އިނާމް ހަވާލްކޮށްދެއްވީ ރޭގެ މެޗްގެ ޝަރަފްވެރިކޮށް ދެއްވި ދެބޭފުޅުންގެ ތެރެއިން ފޭދޫ ހެލްތު ސެންޓަރ ހިންގުމާއި ހަވާލްވެ ހުންނެވި ޒިލީނާ ޒާހިރުއެވެ.

މިމެޗްގެ މޭން އޮފްދަމެޗަކަށް ހޮވުނު ޓީމް އަލްފައިންގެ އިބްރާހިމް މޫނިސަށް މޭން އޮފްދަމެޗްގެ އިނާމު ހަވާލްކޮށްދެއްވީ ރޭގެ މެޗް ޝަރަފްވެރިކޮށްދެއްވި ދެބޭފުޚުންގެތެރެއިން މަރަދޫ ފޭދޫ ފެނަކަ ކޯޕަރޭޝަންގެ ޑިޕިއުޓީ ޑިރެކްޓަރ މުހައްމަދު މުއުމިނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކެމެރޫންއާއި ސާބިޔާ އެއްވަރުވެއްޖެ  

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގައި ސާބިއާއާއި ކެމަރޫން ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ގަތަރުގެ އަލް ...

އަޟްހާއީދު ކުޅިވަރު: ލީޕަޓުގެ ހެޓްރިކާ ދެބެއިންގެ 2 ގޯލާއެކު ހުޅުދޫޓީމުން މީދޫޓީމް ގެ މައްޗަށް ކުރިހޯދައިފި

ލީޕަޓު  3 ގޯލުޖަހާ  ހެދި ހެޓްރިކްގެ އިތުރަށް   ފޭދޫގެ މަޝްހޫރު ފުޓްސަލް ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ދެބެއިން ކަމުގައިވާ ...

ގްރޫޕް ބީގެ އެއްވަނަޓީމްގެ ގޮތުގައި އަތޮޅުމަދަރުސާ ސެމީއަށް

ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އަތޮޅުމަދަރުސާޓީމް ދަތުރުކޮށްފިއެވެ. ...