މޮރޮކޯއިން ކްރޮއޭޝިއާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގައި ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއިން ކްރޮއޭޝިއާ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ބުދަ ދުވަހު ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ 17 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ޕެރިސިޗް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އޭނާ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ގޯލު ދަނޑިކައިރިން ދިޔައީ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ޖްރޮނޮވިޗް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މޮރޮޚޯގެ ކީޕަރެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއަށް ވަނީ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ކްރޮއޭޝިއާގެ ވްލާސިޗް ފޮނުވާލި ހަމަލާ މޮރޮކޯގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 51 ވަނަ މިނެޓުގައި މޮރޮކޯ ކުޅުންތެރިން ވަނީ ކްރޮއޭޝިއާގެ އޭރިއާގެ ތެރެއިން އެ ޓީމު ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުން ކަމަށް ބުނެ ވަރަށް ބޮޑަށް އެޕީލްކޮށްފައެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމާފައެވެ.

މި ހާފުގައި މޮރޮކޯގެ ހަކީމް ޒިޔެޗް އާއި އަޝްރަފް ހަކީމީއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޭމާގެ ސޮއި ހޯދަން ބޭނުންވާނަމަ އެކަން އޯގަސްޓް 8 ގެކުރީން ނިންމުމަށް ޕީއެސޖީންވަނީ ބާސާއަށް އަންގައިފި

އޯގަސްޓް 8 ގެކުރީން ޕީއެސްޖީއަށް ކުޅެމުންއަންނަ ނޭމާގެ ސޮއި ބާސާއަށް މަޖުބޫރު ވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުން ...

އައިސްއެސްއޭ ވޮލީ މުބާާރާތް 2018- ރޭގެ މެޗް ކާމިޔާބުކުރީ ޓީމް އަފިރިން

އައިސްއެސްއޭ ވޮލީ މުބާާރާތް 2018 ގައި ރޭ ކުޅެވުނުމެޗް ޓީމް އަފިރިން ކާމިޔާބުކޮށްފިއެވެ. މީދޫ އިޖްތިމާއީ މަރުކަޒުގެ ވޮލީ ...

ގިނަމެޗްތަައްކާމިޔާބުކުރީ ފޭދޫ ސަޑޭ އެކެޑެމީގެ ޓީމްތައް

ފޭދޫ ސަޑޭ ސްޕޯޓްސް އެކެޑެމީގެ ޓީމްތަކާއި މީދޫގައި ހިންގާ އީޓީއެފް އެކެޑެމީގެ ޓީމްތަކަކާއި ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކެއް ...