ކުރިން މެންޗެސްޓަރ ސިޓީއަށް ކުޅުނު ކުރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އެޓީމަށް އައިސްފި އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކުރިކަން މަޝްހޫރު ފުޓްބޯޅަ ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ވަނީ ޔަގީންކޮށްދީފަ އެވެ.
2008 ވަނަ އަހަރު ޔުނައިޓެޑް ދޫކޮށްލި ރޮނާލްޑޯ ވަނީ ކާމިޔާބު އަހަރުތަކެއް ރެއާލް މެޑްރިޑްގައި ހޭދަކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު ރެއާލް ދޫކޮށް އިޓަލީގެ ގަދަބާރު ޔުވެންޓަސް އަށް ބަދަލުވިއިރު އޭނާ ވަނީ އެކުލަބުގައި ގިނަ ރެކޯޑްތަކެއް ހަދާ ކާމިޔާބީތަކެއް ހޯދާފަ އެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޮޑަށް ދެކެވެމުން ދިޔަ އެއްވާހަކަ އަކީ 21 އަހަރަށްފަހު މެސީ ބާސާ ދޫކޮށްލި ވާހަކަ އެވެ. އެއަށްފަހު ދުނިޔެދުށް އެންމެ މޮޅު އެއްކުޅުންތެރިޔާ ރޮނާލްޑޯ ވެސް ޔުވެންޓަސް ދޫކޮށްލުމާއެކު މިފަހަރުގެ ޓްރާންސްފާ މާކެޓްވެގެން ގޮސްފައި އެންމެ ހައިރާންކުރުވަނިވި އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް ޓްރާންސްފާ މާކެޓަށެވެ.

އޯލްޑް ޓެރަފޯޑަށް ރޮނާލްޑޯ އެނބުރި އަންނަން ހުރިހާ ކަމެއް ހަމަޖެހި ދެކުލަބުން ވެސް ވަނީ އެއްބަސްވުން ފުރިހަމަކޮށްފަ އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް އެނބުރި ދަނީ 20 މިލިއަން ޔޫރޯއަށެވެ. އަދި އޭގެ އިތުރުން ބޯނަސް ވެސް ލިބެ އެވެ. ރޮނާލްޑޯ އެކުލަބަށް އެނބުރި އައިކަން ޔުނައިޓެޑުންވެސް ވަނީ އެކުލަބުން ކުރި ޓްވީޓަކުން ޔަގީންކޮށްދީފަ އެވެ.
ކުރިއަށް އޮތް ގަޑިއިރުތަކެއްގެ ތެރޭގައި މެޑިކަލް ޓެސްޓް ޝެޑިއުލްކުރެވިގެންދާނެ އެވެ. ރޮނާލްޑޯ މިވަގުތު ހުރީ ޑީލްގެ ކަންކަން ފުރިހަމަ ކުރަން ލިސްބަންގަ އެވެ.

ރޮނާލްޑޯ ޔުނައިޓެޑްގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ 118 ލަނޑު އެޓީމަށް ޖަހައިދީފަ އެވެ. އަދި އެޓީމާއެކު އޭނާ ވަނީ 9 ތަށި ހިއްލާލާފަ އެވެ. އޭގެތެރޭގައި 3 ޕްރިމިއާ ލީގާއި 1 ޗެމްޕިއަންސް ލީގު ހިމެނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަބްއޯޝަނިކުން ރެޑްއެންޓްސް ތަފާތުބޮޑުކޮށް ބަލިކޮށްފި

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި ކެނެރީފް ރިސޯޓުން މިމުބާރާތުގައި ބައިވެރިވި ސަބްއޯޝަނިކުން  ތަފާތު ބޮޑުކޮށް ކްލަބް ރެޑްއެންޓްސް ބަލިކޮށްފި އެވެ. ...

ކްއާޓާފައިނަލުން ބާސެލޯއަށް ފުރުސަތު ހޯދައިދިނީ މެސީ- ވަލްވާރޭ

ލިއޯންއަތުން  ބޮޑުތަފާތަކުން މޮޅުވެ ޗެމްޕިއަންސްލީގުގެ ކްއާޓާފައިނަލުން ބާސެލޯއަށް ފުރުސަތު ހޯދައިދިނީ މެސީކަމަށް އެޓީމުގެ ކޯޗް ވަލްވާރޭ ބުނެފިއެވެ. ލިއޯންއަތުން ...

ޗައިނާގެ ކްރިކެޓް ޓީމެއް ފުވައްމުލަކުގައި

ޗައިނާގެ ބެއިޖިންގެ އައީދީ އިންޓަނޭޝަނަލް ސްކޫލުގެ 14 އަހަރުންދަށުގެ ކްރިކެޓް ޓީމެއް މިއަދު ފުވައްމުލަކަށް ޒިޔާރަތްކޮށްފިއެވެ. މިއަދު މެންދުރުފަހު ...