އެމްޓީޑީގެ ރައީސަކަށް އަދީބު އައްޔަންކުރައްވައިފި

މޯލްޑިވްސް ތާރޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސަކަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައްޔަންކުރައްވައިފިއެވެ.

އެމްޓީޑީގެ ރައީސް ކަމަށް އަދީބު އައްޔަންކުރައްވާފައިވަނީ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ދެވަނަ ބައްދަލުވުމުގައެވެ.

އެމްޓީޑީގެ ރައީސްކަމަށް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު އައްޔަންކުރެއްވި އިރު، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގައި ބުނާގޮތުން ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެއެވެ.

އެމްޓީޑީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ސީނިއާ ނައިބު ރައީސް އަދި ޕާޓީގެ މުއައްސިސް އިސްމާއިލް އާސިފް ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ސިޔާސީ ޕާޓީއެއްގެ އިންތިގާލީ މަރުހަލާގައި ރައީސަކަށް އައްޔަން ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިނުވާ ކަމަށެވެ.

“އަޅުގަނޑުމެން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ ޕާޓީގެ އިންތިގާލީ މަރުހަލާގެ ރައީސަކަށް އަހްމަދު އަދީބު އައްޔަންކޮށްފައި. އަޅުގަނޑުމެން ކައުންސިލުން އަދީބު އައްޔަންކުރީ މެޖޯރިޓީ ވޯޓަކުން. އަޅުގަނޑުމެން އަދީބު އައްޔަންކުރުމުގެ ކުރިން ގާނޫނީ ލަފައެއް ހޯދާލިން ގާނޫނީ ގޮތުން އަޅުގަނޑުމެންނަށް މިކަން ކުރެވޭނެތޯ. ގާނޫނުގައެއް ނޯވޭ އިންތިގާލީ މަރުހަލާއެއްގައި އަޅުގަނޑުމެންނަށް އެޕޮއިންޓް ނުކުރެވޭނެ ކަމަކަށް. އެހެންވީމާ އަޅުގަނޑުމެންނަށް ލިބިފައިވާ ގާނޫނީ ލަފާގެ މަތިން އަޅުގަނޑުމެން އެޕޮއިންޓްކުރީ އަޅުގަނޑުމެންގެ ރައީސަކަށް އަހްމަދު އަދީބު،” އޭނާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 68 މީހުން ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 68 މީހުން ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ...

ގަމާއި ސައުތު އެފްރިކާ ދަތުރުތައް – އިޤްތިޞާދީ ކުރިއެރުމާއި ވަޒީފާގެ ފުރުޞަތުތައް

އައްޑޫ ސިޓީގެ ގަމާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން އިޤްތިޞާދީ ގޮތުން އައްޑޫ ސިޓީއަށް ބޮޑެތި ...

12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުން ބާތިލުކޮށްފި

ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ...